Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2024 | އާދީއްތަ 07:34
އިންތިޚާބެއްގެ ވޯޓުލުންކުރިއަށް ދަނީ
އިންތިޚާބެއްގެ ވޯޓުލުންކުރިއަށް ދަނީ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް އިންތިޚާބު
ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަނުކުރުމަށް ހުޅުވާލައިފި
ފޯމު ހުށަހެޅުމަށް ފަހު 3004459 އަށް ގުޅައި މެއިލް ލިބުނުކަން ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަނުކުރުމުގެ ފުރުސަތު ހުލުވާލައިފިއެވެ.

މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިޚާބުގެ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބަކު އައްޔަނުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަންދޫބަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައި ނުވުން އަދި އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރަކަށް ނުވުން އަދި ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކަށް ނުވުމާއި ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން އަދި އިންތިޚާބީ ކުށެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ފަދަ ޝަރުތުތައް ހިމެނެއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ މަންދޫބުންނަށް މި ފަހަރު ދޫކުރާނީ ޑިޖިޓަލް ފާހެއް ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ މައުލޫމާތު ސެޝަންގައި ހުރިހާ މަންދޫބުން ބައިވެރިވެ، އެ ސެޝަން ފުރިހަމަކުރަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން ފޯމު ހުށަހެޅުމަށް ފަހު 3004459 އަށް ގުޅައި އެ އިދާރާއަށް މެއިލް ލިބުނުކަން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް