Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2024 | ހުކުރު 18:06
އީސަ
އީސަ
ރާއްޖެއެމްވީ
މަޖިލީހުގައި ހިނގި ހަމަނުޖެހުން
މަޖިލީހުގައި ސަރުކާރު މެމްބަރުން ހަމަނުޖެހުން ހިންގީ ރާވައިގެން، މެމްބަރުން ރައީސް އޮފީހަށް ވެސް ގެންދިޔަ - އީސަ
އީސަ ވިދާޅުވީ މަޖިލީހުގައި އެ ދުވަހު ކަންކަން ހިނގި ގޮތް ހަމައެކަނި ދެތިން ވީޑިއޯއަކުން ސާފުކޮށް ނޭނގޭނެ ކަމަށް

ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން މަސައްކަތް ކުރުމުން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު މެމްބަރުން ހަމަނުޖެހުން ހިންގީ ރާވައިގެން ކަމަށާއި މެމްބަރުން ރައީސް އޮފީހަށް ވެސް ގެންދިޔަ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓު ނަގަން ޝެޑިއުލްކުރި ނަމަވެސް އެ މަަސައްކަތް ކުރިއަށް ގެންދަން ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް ޕީއެންސީގެ މެންބަރުން ފުރުސަތެއް ނުދެއްވައެވެ. ޕީއެންސީ އާއި ޕީޕީއެމް އިން މަސައްކަތް ކުރީ މަޖިލިސް ކުރިއަށް ގެންދިޔަ ނުދިނުމަށެވެ. މެންބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް އެ ދުވަހު ވަނީ ރައްދުކޮށްފައެވެ. އަދި ބައެއް މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަކަށް ގައިކޮޅަށް އަތްލާ ހިސާބަށް ދިޔައެވެ. އެގޮތުން އެ ދުވަހު ވީޑިއޯތަކުގެ ތެރޭގައި މެންބަރު އީސަ އާއި މެންބަރު ޝަހީމްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގެ ވީޑިއޯ ވެސް ހިމެނެއެވެ.

Advertisement

އީސަ ވަނީ އެ ދުވަހު މަޖިލީހުގައި ހަމަނުޖެހުން ހިންގަން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް ވިދާޅުވެފައެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަން ކުރީ ގަސްތުގައި ރާވައިގެން ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހަކީ ގްރީން ޒޯންއަކަށް ވާއިރު އެ ސަރަހައްދުގައި މުޒާހަރާކުރަން އެ ދުވަހު ފުރުސަތު ދީފައިވާ ކަމަށާއި އެއީ އިއްތިފާގަކުން ހިނގިކަމެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދުވަހު މުޒާހަރާ ކުރި މީހުންގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދުވަހުގެ ޖަލްސާގެ ކުރިން ބައެއް މެމްމަބަރުން ރައީސް އޮފީހަށް ގެންގޮސްގެން އެ މެމްބަރުންނަށް ހަމަނުޖެހުން އުފެދޭ ގޮތަށް އަމަލުކުރުމަށް ހިތްވަރު ދިން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ކުރެއްވީ ކޮން ބޭފުޅެއް ކަމެއް އީސަ ފާހަގައެއް ނުކުރައްވައެވެ. އަދި މެމްބަރުންނަށް އިންޒާރުދިނުމުން މެމްބަރުންނަށް އެކަށީގެންވާ ހިމާޔަތެއް ލިބިފައި ނުވާ ކަަމަށް ވެސް އީސަ ވަނީ ވިދާޅުވެފައެވެ. އަދި މެމްބަރުންނަށް ހަމަލާ ދެވުނީ އިހުމާލަކުން ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި އެއީ ރާވައިގެން ކުރި ކަމެއް ކަމަށް އީސަ ތަކުރާރުކޮށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އީސަ ވިދާޅުވީ މަޖިލީހުގައި އެ ދުވަހު ކަންކަން ހިނގި ގޮތް ހަމައެކަނި ދެތިން ވީޑިއޯއަކުން ސާފުކޮށް ނޭނގޭނެ ކަމަށެވެ. އެކަމުގެ ތެރޭގައި ހިނގި ކަންކަން ދެނެގަނެވޭނީ މަންޒަރު ހިނގާ ދިޔަ ގޮތް ފެށިގެން ނިމެންދެން ބެލީމަ ކަމަށާއި މަޖިލީހުގެ ސީސީޓީވީ ކެމެރާ އިން އެ ދުވަހު ކަން ހިނގި ގޮތް ވަރަށް ބޮޑަށް ސާފުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ދެވަހު މަޖިލީހުގައި ހިނގިކަންކަމަކީ ވަރަށް ދުރާލާ ރާވައިގެން ބަޔަކު ސިޔާސީ މަޤްސަދެއްގައި ހިންގި ކަމެއް ކަމަށް އީސަ ވަނީ ތުހުމަތުކުރައްވާފައެވެ. އީސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިނގާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބައެއް ފަހަރު އާއްމު ރައްޔިތުން ބޭނުން ނުވާ މަންޒަރު މަޖިލީހުގެ ތެރެއިން ފެނިގެންދާ ކަމަށާއި އެކަމާއި ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި އާއްމުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަަމަށް އީސަ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް