Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 12:06
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް އޮފީސް
ވިޝާމް އަވަހާރަވުން
ވިޝާމް އަވަހާރަވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ލިބިގެން އެދިޔައީ ނުހަނު ބޮޑު ހުސްކަމެއް: ސާލިޙު
ލީގަލް ޕްރޮފެޝަން ކުރިއެރުވުމަށް ވިޝާމް ކޮށްދެއްވި މަސައްކަތް އަބަދުވެސް ފާހަގަކޮށްލެވޭނެ
ސާލިޙު ވަނީ މި ހިތާމަވެރި ވަގުތު އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައި

ބާ ކައުންސިލުގެ ރައީސް އިސްމާއީލް ވިޝާމް ކުއްލިގޮތަކަށް އަވަހާރަވުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސާލިޙު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާ ކައުންސިލްގެ ރައީސް އަދި ކުޅަދާނަ ޤާނޫނީ ވަކީލް އިސްމާޢީލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ލިބިގެން އެދިޔައީ ނުހަނު ބޮޑު ހުސްކަމެއް ކަމަށެވެ.

Advertisement

އަދި ޒުވާން އުމުރުގައި ރާއްޖޭގެ ލީގަލް ޕްރޮފެޝަން ކުރިއެރުވުމަށް ވިޝާމް ކޮށްދެއްވި މަސައްކަތް އަބަދުވެސް ފާހަގަކޮށްލެވޭނެކަމަށް ސާލިޙު ވިދާޅުވިއެވެ.

ސާލިޙު ވަނީ މި ހިތާމަވެރި ވަގުތު އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް