ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 10:06
މުޅި މަޖިލީހުގެ ކޮމިޓީ
މުޅި މަޖިލީހުގެ ކޮމިޓީ
މެންބަރުން އެކުލެވިގެންވާ ގޮތް
މަޖިލިސް މެންބަރުން އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް - މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ
މައިނޮރިޓީ ލީޑަރަކީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
ޕީއެންސީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވަނީ ވެފައި
އަދިވެސް މެޖޯރިޓީ އެމްޑީޕީގައި، އެމްޑީޕީގައި 44 މެންބަރުން އެބަތިއްބެވި

އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ޕީއެންސީއަށް ސޮއިކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް އައިސްފައިވާ ބަދަލުތައް އިއުލާންކޮށްފިއެވެ.

މަޖިލީސް އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލުތައް އިއުލާންކުރައްވާފައި ވަނީ އާދިއްތަ ދުވަހު ދައުރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއެވެ. އަދި މި ބަދަލާއެކު ޕީއެންސީ ވަނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެފައެވެ.

Advertisement

މިހާރު މަޖިލީހުގައި މެންބަރުން އެކުލެވިގެންވާ ގޮތަށް ބަލާއިރު އެމްޑީޕީގައި 44 މެންބަރުން، ޕީއެންސީގައި 14 މެންބަރުން، ދަ ޑިމޮކްރެޓްސްގައި 13 މެންބަރުން، ޕީޕީއެމް އާއި އެމްޑީއޭ އަދި ޖޭޕީގައި ކޮންމެ ޕާޓީއެއްގައި 2 މެންބަރުން ތިއްބެވި އިރު، އަމިއްލަ މެންބަރުންގެ ގޮތުގައި 3 މެންބަރަކު އެބަ ތިއްބެވިއެވެ.

މި ބަދަލުތަކާއެކު މަޖިލީހުގެ މައިނޮރިޓީ ލީޑަރަކީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުކަމަށް މަޖިލީހުގެ ރައީސް އަސްލަމް ވަނީ އިޢުލާންކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް