ކ. މާލެ
|
25 ޖޫން 2025 | ބުދަ 17:49
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ބުދަ ދުވަހުގެ މަޖިލީހުގައި ވާހަކަދައްކަވަނީ
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ބުދަ ދުވަހުގެ މަޖިލީހުގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ފަސްދޮޅަސް ހާސް ފުލެޓް އަޅަން ވައުދުވެގެން އައި ސަރުކާރުން އަދި މިހާތަނަށް ބިންމަތީގަ ގާގަނޑެއް ވެސް ނުބާއްވާ: މެމްބަރު ޣަފޫރު
މިރައްޔިތުން ނަށް ފުލެޓް ޢިމާރާތްކުރުމަށް މި ސަރުކާރުން ވި ވައުދު މިހާތަނަށްވެސް ފުއްދައިފައެއް ނުވޭ
މި ސަރުކާރުން ސަތޭކަ ދިހަ ބިލިޔަން ރުފިޔާ ވަގަށް ނޮޅާކައި ފުނޑުވައިފި، އެހެންނަމަވެސް ރައްޔިތަކަށް ބައިރުފިޔާވެސް އިތުރު ނުވޭ

ފަސްދޮޅަސް ހާސް ފުލެޓް އަޅާނެކަމަށް ވައުދުވެގެން ވެރިކަމަށް އައި މިއަދު މިއޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް ދެ އަހަރުވެގެން ދިއައިރުގައި ވެސް ބިންމަތީގަ ގާގަނޑެއް ވެސް ބާއްވާފަ ނުވާކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ތައުލީމާއި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އިތުރުގަޑީގެ އުޖޫރަދިނުމާ ގުޅޭ ގަރާރަށް ވާހަކަ ދައްކަވަމުން މެންބަރު ގަފޫރު ވިދާޅުވީ، ބަޖެޓްގައި ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މިދިއައަ 19 ވަނަ މަޖިލީހުން 500 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް ސިވިލް ސާވިސްގެ މުވައްޒަފަކަށް ބައިރުފިޔާއެއްގެ މިންވަރުވެސް ބޮޑުކޮށްދީފައި ނުވާ ކަމަށް ޣަފޫރި ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ މިއަދު މިއޮތް ސަރުކާރުން ސަތޭކަ ދިހަ ބިލިޔަން ރުފިޔާ ވަގަށް ނޮޅާކައި ފުނޑުވައިފި ކަމަށާ، އެހެންނަމަވެސް ރައްޔިތަކަށް ބައިރުފިޔާވެސް އިތުރު ނުވާކަމަށެވެ. އަދި މި ސަރުކާރަށް މިއަހަރުގެ ބަޖެޓްވެސް އިތުރަށް ސަޕްލިމެންޓްރީ ބަޖެޓް ފާސްނުކޮށް ނުނިންމޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް އޭގެ ކުރީ އަހަރުވެސް 500 މިލިޔަން ރުފިޔާ ބަޖެޓްގައި ޖަހައިގެން ފާސްކުރީމޭ ސިވިލްސާވިސް މުސާރަ ބޮޑުކުރަން. ކޮބައިތޯ ބޮޑުކޮށްދިން މުސާރައަކީ. ރައްޔިތަކަށް އިތުރަށް ބައިރުފިޔާއެއްވެސް މުސާރައިގެ ގޮތުގައި ލިބިއްޖެތޯ. ސަތޭކަ ދިހަ ބިލިޔަން ރުފިޔާ ވަގަށް ނޮޅާ ކައި ފުނޑުވައިފި މި ސަރުކާރުން. މިއީ ހަގީގަތް، މިއަހަރުގެ ބަޖެޓްވެސް އިތުރަށް ސަޕްލިމެންޓްރީ ބަޖެޓް ފާސްނުކޮށް ނުނިންމޭނެ."

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ

ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގަފޫރު ވިދާޅުވީ ފަސްދޮޅަސް ހާސް ފުލެޓް އަޅަން ވައުދުވެގެން ވެރިކަމަށް އައި ރައީސް މުއިއްޒުގެ މި ސަރުކާރުން ވެރިކަމަށް ދެ އަހަރު ވީއިރުގައި ވެސް އަދި ބިންމަތީގަ ގާގަނޑެއް ނުބާއްވާ ކަމަށެވެ.

ރައްޔިތުންނަށް ދޮގާ މަކަރާ ހަދައިގެން ވެރިކަމަށް އައިސް ރައްޔިތުންގެ ފައިސާ ކައި ހުސްކުރަނީ ކަމުގައި ވެސް ގަފޫރު ވިދާޅުވިއެވެ. ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގުމުގެ ބަދަލުގައި އެންމެ ބޮޑު ޚަރަދެއް ކުރަމުން ދަނީ ސިޔާސީ މުވައްޒަފުންނަށް ކަމަށާ، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ސަރުކާރުން ޖަވާބުދާރީ ނުވާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް ހުށަހަޅުއްވާފައިވާ، ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ޞިއްޙީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި ޢަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައި އޮތް ގަރާރުގެ ބަހުސް ގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްވެސް ބުދަ ދުވަހުގެ ޖަލްސާގައި ކުރިއަށް ގެންދިޔައެވެ.

އެގޮތުން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގައި، މިދިޔަ މަހުގެ 29، ގައި ތަސްދީގުކުރި ގާނޫނަށް 14 އިސްލާހެއް ހުށަހަޅާފައި ވެ އެވެ.

އޭގެ ތެރޭގައި ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް ނުފޫޒު ފޯރުވޭ ގޮތަށް ގެނެސްފައިވާ ބަދަލުތައް ހިމެނެއެވެ.

- ކޮމެންޓް