Advertisement
ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 12:09
ފްލެޓު މައްސަލައާ ގުޅިގެން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ގިނަ އަދަދެއްގެ ރައްޔިތުން ހައުސިން މިނިސްޓްރީއަށް އެއްވި ދުވަހެއްގެ މަންޒަރެއް
ފްލެޓު މައްސަލައާ ގުޅިގެން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ގިނަ އަދަދެއްގެ ރައްޔިތުން ހައުސިން މިނިސްޓްރީއަށް އެއްވި ދުވަހެއްގެ މަންޒަރެއް
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ފްލެޓު
ވެރިކަމަށް 8 މަސްވާއިރު، ފްލެޓުތައް ޙަވާލުކޮށް ނުލެވުމުން މި ސަރުކާރުން ރައްޔިތުންނާމެދު އޯގާތެރިކަމެއް ނެތްކަން އެނގިގެންދޭ: ޑރ ޑީޑީ
ރައްޔިތުންނާމެދު މި ސަރުކާރުން އެއްވެސް ކަހަލަ އޯގާތެރިކަމެއް، އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ނުގެންގުޅޭކަމަށް ވިދާޅުވި
މިދިޔަ ސަރުކާރުން ޤާއިމުކޮށްފައިވާ ފްލެޓުތައް ފުރިހަމަކަމުގެ ވާހަކަ ސީދާ މި ސަރުކާރުގެ ހައުސިންގ މިނިސްޓަރުވެސް ދައްކަވާފައިވޭ
މި ސަރުކާރުން ރައްޔިތުންނާމެދު އޯގާތެރިކަމެއް ނެތްކަން އެނގިގެންދާކަމަށް ވިދާޅުވި

ވެރިކަމަށް 8 މަސްވާއިރު، ފްލެޓުތައް ޙަވާލުކޮށް ނުލެވުނީމާ މި ސަރުކާރުން ރައްޔިތުންނާމެދު އޯގާތެރިކަމެއް ނެތްކަން އެނގިގެންދާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޑރ ޑީޑީ ވިދާޅުވީ، އެމްޑީޕީން ރައްޔިތުންގެ ގާތަށް ގޮސް، ކަންބޮޑުވުންތައް އަޑުއަހައިގެން، ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މިއަދުގެ ސަރުކާރުގައި ވެރިކަމަށް 8 މަސް ވެގެންދާއިރު، ފްލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލުކޮށް ނުދެވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

Advertisement

މިދިޔަ ސަރުކާރުން ޤާއިމުކޮށްފައިވާ ފްލެޓުތައް ފުރިހަމަކަމުގެ ވާހަކަ ސީދާ މި ސަރުކާރުގެ ހައުސިންގ މިނިސްޓަރުވެސް ދައްކަވާފައިވާކަން ޑރ ޑީޑީ ފާހަގަ ކުރެއްވިއެވެ.

ޑރ ޑީޑީ ވިދާޅުވާ ގޮތުގައި މިކަންކަމުން އެނގެނީ ރައްޔިތުންނާމެދު މި ސަރުކާރުން އެއްވެސް ކަހަލަ އޯގާތެރިކަމެއް، އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ނުގެންގުޅޭކަމެވެ.

ބައްލަވާ ފްލެޓު ލިބިފައިވާ އެތައް ބަޔަކު މިހާރުވެސް ވަރަށް ދަތި، ނިކަމެތި ހާލުގައި އެ އުޅެނީ، އަޅުގަނޑުމެންނަކީ އަބަދުވެސް މާލޭގައި ހުރިހާ ކެމްޕޭނެއްގައި ޑޯޓުޑޯގައިވެސް މާލޭގެ ރައްޔިތުންނާ ދަފްތަރުގެ ރައްޔިތުންނާ އަދި ރާއްޖޭގެ އެހެނިކަން ކަންކޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާ ބައެއް، އެމްޑީޕީއަކީ އަބަދުވެސް ޑޯޓުޑޯ ހިންގުމުގައި ފަރިތަ ޕާޓީއެއް، އެހެންވީމާ ރައްޔިތުންގެ ހާލަތު އޮތް ގޮތް ވަރަށް ސާފުކޮށް އެނގިފައި އޮތީ ރައީސް ސާލިޙުގެ ސަރުކާރުން އެތައް ހާސް ތަނަވަސް ފްލެޓުތަކެއް، މިއަދުގެ ހައުސިންގ މިނިސްޓަރ އެއްބަސްވެވަޑައިގެންފި ދެއްތޯ ހިޔާ ފްލެޓަށްވުރެ މާ ތަނަވަސް ފުރިހަމަ ފްލެޓުތަކެއްކަން ރައީސް ސާލިޙު ގެ ވެރިކަމުގައި ބިނާކޮށްދެއްވާފައި މިވަނީ، ނަމަވެސް ފްލެޓުގެ ޙައްޤުވެރިންނަށް އަދިވެސް ފޯރުކޮށް ނުދެވިގެން މި އުޅެނީ 8 މަސް ވެގެންދާއިރު، މިކަމުން އެނގެނީ ރައްޔިތުންނާމެދު އެއްވެސް ކަހަލަ އޯގާތެރިކަމެއް، އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ނެތްކަން
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ)

ޑރ ޑީޑީ އެހެން ވިދާޅުވެފައިވާއިރު، ގެދޮރުވެރިޔާ ފްލެޓްތަކުގެ ސައިޓަށް ޒިޔާރަތްކުރައްވާ ހައުސިންގ މިނިސްޓަރ ހައިދަރު ދެއްކެވި ވާހަކަފުޅުގައި ވަނީ އެތަން ހުރީ ހިޔާ ފްލެޓަށް ވުރެ ޖާގައިގެ ގޮތުން ތަނަވަސްކޮށް ޑިޒައިންކޮށްފައި ކަމަށް ވިދާޅުވެފައެވެ.

އަދި ކުނި މެނޭޖްކުރުމުގައި ހިޔާ ފްލެޓަކަށް ވުރެ ރަނގަޅު އިންތިޒާމްތަކެއް ހުރިކަަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ޕްރައިވެސީ ނުވަތަ އަމިއްލަ މިނިވަންކަމަށް ބެލިޔަސް މި ފްލެޓްތައް މާ ރަނގަޅު ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް