Advertisement
ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 12:26
އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ
އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ
ރާއްޖެއެމްވީ
ރާއްޖޭގައި އިންފުލުއެންޒާ ފެތުރުން
ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ، ތިން މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުން
މިދިޔަ މަސް ތެރޭގައި އިންފުލުއެންޒާގެ އެޗް1އެން1 ޖެހިގެން މީހަކު މަރުވެފައިވޭ
ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަކީ މުހިންމު ކަމެއް

ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުންދާ ކަމަށާއި، ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ޑރ.މުހައްމަދު އަލީ އެކްސްގައި ވިދާޅުވީ ތިން ޒުވާނަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި، އިންފުލުއެންޒާގެ ނިއުމޯނިއާ ޖެހިގެން ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ މި ވޭތުވެދިޔަ 30 ދުވަހުގެތެރޭގައި އިންފުލުއެންޒާގެ އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ޖެހިގެން ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.

Advertisement

އިންފުލުއެންޒާ ގުޅޭގޮތުން އިތުރަށް ޑރ.މުހައްމަދު އަލީ ވިދާޅުވީ ބަލި ފެތުރެމުން އައި ނަމަވެސް ޕެންޑެމިކްއަކަށް ދިއުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ޑރ.މުހައްމަދު އަލީ އިލްތިމާސްކުރެއްވިއެވެ. އަދި ވިދާޅުވީ އިންފުލުއެންޒާއަށް އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ އިތުރަށް ސީޒަނަލް ވެކްސިންތައް އާސަންދަ ސްކީމުން ލިބޭނެ ގޮތް ވުމަކީ އުންމީދެއް ކަމަށެވެ.

އެޗްޕީއޭއިން ބުނީ އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ޓެސްޓް ކުރެވުނު 2380 ސާމްޕަލްގެ ތެރެއިން 413 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް