ކ. މާލެ
|
9 ޖެނުއަރީ 2024 | އަންގާރަ 13:56
ރައީސް އޮފީހުގެ ވެބްސައިޓް
ރައީސް އޮފީހުގެ ވެބްސައިޓް
ރައީސް އޮފީސް
ރައީސް އޮފީހުގެ ވެބްސައިޓް
ރައީސް އޮފީހުގެ ވެބްސައިޓް އަނެއްކާވެސް ޑައުންވަމުންދާތީ، އެކަން ބަލަން ފަށައިފި
ވެބްސައިޓްތަކެއް ޑައުންވީ ސައިބަރ އެޓޭކެއްގެ ސަބަބުން ކަަމަށް ވަނީ އަޑު ފެތުރިފައި
ސަރުކާރުގެ ބައެއް ވެބްސައިޓްތައް ޑައުންވި މައްސަލައެއް ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުވެސް ފެންމަތިވެފައިވޭ

ރައީސް އޮފީހުގެ ވެބްސައިޓް ޑައުންވަމުންދާތީ، އެކަން ބަލަން ފަށައިފިއެވެ.

ރާއްޖެއެމްވީން ޗެކްކޮށްލިއިރުވެސް އަންގާރަ ދުވަހުގެ ހެނދުނު އެކި ގަޑިތަކުގައި ވެބްސައިޓަށް ނުވަދެވޭތީ އެކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޮފީހުން ބުނީ، ހެނދުނުން ފެށިގެން ބައެއް ވަގުތުތަކުގައި ވެބްސައިޓަށް ނުވަދެވޭކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

އެގޮތަށް ރިޕޯޓުތައް ލިބިފައިވާތީ ޓެކްނިކަލް ޓީމުން މިހާރު އެކަން ބަލަމުންދާކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

Advertisement

ރައީސް އޮފީހުގެ ވެބްސައިޓް ހިމެނޭހެން ސަރުކާރުގެ ބައެއް ވެބްސައިޓްތައް ޑައުންވި މައްސަލައެއް ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ވެސް ފެންމަތިވެފައިވެއެވެ.

އޭރު ވެބްސައިޓްތައް ޑައުންވީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ ޑައުންވިކަމަށް ފާހަގަކުރެވުނީ ރައީސް އޮފީސް ވެބްސައިޓެވެ. އަދި ފަހުން ފޮރިން މިނިސްޓްރީގެ ވެބްސައިޓަށް ވެސް ނުވަދެއެވެ. ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު ފަހުން ރައީސް އޮފީހުގެ ވެބްސައިޓަށް ވަދެވޭ ގޮތް އޭރު ވަނީ ހަދާފައެވެ.

ސަރުކާރުގެ ވެބްސައިޓްތަކެއް ޑައުންވީ ސައިބަރ އެޓޭކެއްގެ ސަބަބުން ކަަމަށް ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް އެއްވެސް ރަސްމީ އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް