ކ. މާލެ
|
3 މެއި 2025 | ހޮނިހިރު 11:09
ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން
އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި
"އިންޑިއާ އައުޓް" ކެމްޕެއިންގައި ވެސް އިސްކޮށް އުޅުއްވި ރައީސް މުޢިއްޒު އޭރު ވިދާޅުވެފައި ވަނީ، ސަރުކާރަށް ވަޑައިގެން އެ އެއްބަސްވުންތައް ހާމަ ކުރައްވާނެ ކަމަށް.

އެހެން ޤައުމުތަކާ އެކު ރާއްޖެ އިން ސޮއި ކޮށްފައިވާ އެއްބަސްވުންތައް ހާމަ ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވި ނަމަވެސް، އެ އެއްބަސްވުންތައް ހާމަ ކުރެވޭނީ ޤައުމުތަކުން ރުހިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި ހުންނަވައި، ރައީސް މުޢިއްޒު އޭރު އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަ އަކީ ރާއްޖެ އިން އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ ވާހަކަ އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިންގައި ވެސް އިސްކޮށް އުޅުއްވި ރައީސް މުޢިއްޒު އޭރު ވިދާޅުވެފައި ވަނީ، ސަރުކާރަށް ވަޑައިގެން އެ އެއްބަސްވުންތައް ހާމަ ކުރައްވާނެ ކަމަށާއި، ދިވެހި ރައްޔިތުންނަށް ސިއްރު ކުރާނެ އެއްވެސް ކަމެއް ނުބާއްވަވާނެ ކަމަށެވެ.

އެހެން ނަމަވެސް، ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝިއަލިޓީ ކްލޯޒް"ތައް ހިމެނޭ ކަމަށެެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު، އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ޤައުމުތަކުގެ ރުހުމާ ނުލައި އެއްބަސްވުން ހާމަ ކުރުމުގެ ފުރުސަތު ނެތް ކަމަށެވެ. އަދި އެކަމުގައި ޤާނޫނީ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސޮއި ކޮށްފައި ހުރި އެއްބަސްވުންތަކުގައި ކޮންފިޑެންޝިއަލް ކްލޯޒް އޮތުމާ އެކީގައި، ވަރަށް މަސައްކަތް ކުރެވިފައިވާ ކަމަކަށް ވާތީ، އަޅުގަނޑުމެންނަށް އަދި މިއަދާ ހަމައަށް އައިއިރު، އެ އެއްބަސްވުންތައް ސޮއި ކޮށްފައި ހުރި ޤައުމުތަކުގައި، އަޅުގަނޑުމެންނަށް އެ ޤައުމުތަކުގެ ރުހުމާ ނުލައި، ނޫނީ ޤައުމެއްގެ ރުހުމާ ނުލައި، އެއްބަސްވުން ހާމަ ކުރުމުގެ ފުރުސަތު ލީގަލީ އިޝޫއަކަށް ދާތީ ނެތީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެކަމާ ގުޅުން ހުރި ބައިލެޓްރަލް މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ.

- ކޮމެންޓް