ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްއިން ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދަނީ އައު ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް 20 މެޗުގައި 17 ގޯލު ވެސް ޖަހައިފަ އެވެ.
ސްޕޭނުގެ ނޫސްތަކުންނާއި ސަޕޯޓަރުން މިހާތަނަށް ގަބޫލުކޮށްގެން ތިބީ ބެލިންހަމްގެ މޮޅަށް ކުޅެމުން އައުމުގެ އެއް ސިއްރަކީ އޭނާގެ ކެއިންބުއިމުގެ ކަންކަން ރަނގަޅުވުން ކަމަށެވެ.
ސްޕޭނަށް ބަދަލުވުމާއެކު ރެއާލް މެޑްރިޑުން ބެލިންހަމްގެ ކައްކާގެ ގޮތުގައި ހަމަޖެއްސީ އެ ކުލަބުގެ ކުރީގެ ކެޕްޓަން ކަރީމް ބެންޒެމާ އަށް ކައްކައިދިން ފަރާތެވެ. ސްޕޭނުގެ މަޔޯކާއަށް ނިސްބަތްވާ އަލްބާޓޯ މަސްޓްރޮމަޓެއޯ ކައްކާއެއްގެ ގޮތުގައި ހުރިއިރު ބެންޒެމާ ވަނީ މޮޅަށް ކުޅެ ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. މިދިޔަ ސީޒަނަށް ފަހު އޭނާ ޓީމާ ވަކިވުމުން އޭނާ އުޅުނު ތަނާއި ސްޓާފުން ހާއްސަކުރީ ބެލިންހަމަށެވެ.
ނަމަވެސް ހުސްވި ހަފުތާގައި ބެލިންހަމް ވަނީ އޭނާގެ ކައްކާ ވަޒީފާއިން ވަކިކޮށްފަ އެވެ. ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި މިކަން ކޮށްފައިވަނީ ބެލިންހަމްގެ މަންމަގެ މަޝްވަރާގެ މަތީންނެވެ. ނަމަވެސް ތަފްސީލު އެއްވެސް ފަރާތަކުން މީޑިއާ ހިއްސާ ނުކުރެ އެވެ. ނަމަވެސް މަސްޓްރޮމަޓެއޯ ތައްޔާރުކުރާ ކައްކާ އެއްވެސް އެއްޗެއް މިހާތަނަށް ބެލިންހަމް ނުކާ ކަމަށް އޭނާއާ ގާތްގުޅުން އޮންނަ މީޑިޔާތަކުން ވަނީ ޔަގީންކޮށްދީފަ އެވެ.
ބެލިންހަމް އަކީ ރެއާލްގައި މިވަގުތު ހުރި ވިދުންގަދަ ކުޅުންތެރިޔާ އެވެ.