ކ. މާލެ
|
22 ޑިސެންބަރ 2023 | ހުކުރު 13:01
ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވާހަކަދައްކަވަނީ
އަރބަންކޯ
ބިންވެރިޔާ ސްކީމްގައި ދޫކުރި ގޯތީގެ މަސައްކަތް
އިންފާރު ރޭނުމުގެ ހުއްދަ ދޫކުރުމަށް ލަސްވަނީ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަތަކުގެ މަތިން ގޯތި ދޫކޮށްފައިވާތީ: ފަޒުލް
ގޯތި ލިބުނު މީހުން އެތަނުގައި މަސައްކަތް ކުރުން ވަނީ ހުއްޓުވާފައި
ކުރީގެ ސަރުކާރުން ދީފައިވާ އެއްވެސް ގޯއްޗެއް އެހެންތަކަށް ބަދަލެއް ނުކުރާނެ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް އިންފާރު ރޭނުމުގެ ހުއްދަ ދޫކުރުމަށް ލަސްވަނީ ހުޅުމާލޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަތަކުގެ މަތިން ގޯތި ދޫކޮށްފައިވާތީ ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިހެން ވިދާޅުވެފައިމިވަނީ ގޯތި ލިބުނު މީހުން އެތަނުގައި މަސައްކަތް ކުރުން ހުއްޓުވުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އިން ވަކިކޮށް، ވެރިފަރާތްތަކާ ރަޖިސްޓްރީވެސް ހަވާލުކޮށްފައިވާ ގޯތިތަކުގައި މަސައްކަތް ނުކުރެވޭގޮތަށް ހުއްޓުވާފައިވަނީ ކޮން އުސޫލަކުންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންދަމުންނެވެ. އަދި ބިން ނަންބަރު 21،066 އިން ފެށިގެން އެ ބްލޮކާ އޭގެ ފަހަތަށް އޮތް ބްލޮކުގެ ބައެއް ގޯތިތަކުގެ ބިމުގެ ވެރިންނަށް ވެސް އެ މަސައްކަތުގައި ގިނަ ހުރަސްތައް ވަނީ ކުރިމަތިވެފައެވެ.

Advertisement

މިމައްސަލައާ ގުޅޭގޮތުން ބުރާސްފަތި ދުވަހު އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ކުރީގެ ސަރުކާރުން ދީފައިވާ އެއްވެސް ގޯއްޗެއް އެހެންތަކަށް ބަދަލު ކުރުން ނުވަތަ އަތުލުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ނަމަވެސް ރީ-ލޮކޭޓް ކުރުމަށް މީހަކު އެދިފިނަމަ އެކަންކޮށްދޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ދޫކޮށްފައިވަނީ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގައިގެ މަތިން ކަމަށެވެ. އެފަދަ ގެތަކަށް އިންފާރު ރޭނުމުގެ ހުއްދަ ދިނުމަށް އާބަންކޯއަށް ދަތިވާނެ ފަޒުލް ވިދާޅުވިއެވެ. ނަމަވެސް ހުއްދަދޭނެ އިރެއް ނުވަތަ އެމައްސަލަ ހައްލު ކުރެވޭނެ މުއްދަތެއް ފަޒުލް ވިދާޅުވެފައިނުވެއެވެ.

މިއާއެކު ދަންނަވާލަން. ބައެއް ދިމަދިމާ ގާތްގަނޑަކަށް 180 ވަރަކަށް ލޭންޑް ދެވުނުއިރުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު އަޅުގަނޑުމެންގެ ނެޓްވޯކަށް އަރާ ގެތަކެއް އެބަހުރި. އަޅުގަނޑުމެންނަށް އެތަނުގައި އިންފާރު ރާނާ ދިނުމުގެ ފުރުސަތު ދަތިވޭ އެބަ އެކަންކަން ހައްލުނުކޮށްދޭން. އެހެންވީމަ މިކަހަލަ ކަންތައްތަކެއް އެބަހުރި މިކަންކަން ހައްލު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން.
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ބައެއް މީހުންނަށް މަސައްކަތްތައް ކުރިއަށް ނުގެންދެވުނު ނަމަވެސް އަނެއްބައި މީހުން ވަނީ ވަށާފާރު ރޭނުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް ސަރުކާރުން ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ފޭސް-2ގައި ހުރި ބޮޑެތި ހިލަ ފުނިތަކާއި، ވެލިފުނިތައް ނަގާނެ ގޮތެއް ނެތި މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވާ ކަމަށް އެމީހުން ބުނެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2219 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ދޫކުރުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް