ކ. މާލެ
|
26 މާރޗް 2025 | ބުދަ 12:32
ގޯތީގެ ވައްކަމުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން އިސްތިއުފާ ދެއްވި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު
ގޯތީގެ ވައްކަމުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން އިސްތިއުފާ ދެއްވި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު
އަރބަންކޯ
ގޯތީގެ ވައްކަން
ގޯތީގެ ވައްކަމާއި ގުޅިގެން ޕާސްޕޯޓު ހިފެހެއްޓި ހުރިހާ އެންމެންގެ ޕާސްޕޯޓުތައް ދޫކޮށްލައިފި
މި މައްސަލާގެ ތަހުގީގު ކުރިއަށްދާ ކަަމަށް ފުލުހުން ބުނޭ
ގޯތީގެ ވައްކަމުގެ މައްސަލާގެ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވޭ
ފަޒުލް ދިރިއުޅޭ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ ވަނީ އަނބުރާ އޭނާއަށް ދީފައި

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން ޕާސްޕޯޓު ހިފެހެއްޓި ހުރިހާ އެންމެންގެ ޕާސްޕޯޓުތައް ދޫކޮށްލައިފިއެވެ.

ގޯތީގެ ވައްކަމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި އޭނާގެ ބޭބެ މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ.

ފުލުހުން ބުނީ މި މައްސަލާގެ ތުހުމަތުގައި ހިފެހެއްޓި ހުރިހާ އެންމެންގެ ޕާސްޕޯޓު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން އަދި މިމައްސަލާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މީގެ އިތުރުން ގޯތީގެ ވައްކަމާއި ގުޅިގެން އެންމެ ބޮޑު ތުހުމަތެއް ކުރެވިފައިވާ ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ބަލައިފާސް ކޮށްފައިވެއެވެ. އަދި އެގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކާއި، 1.4 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. ނަމަވެސް ފަހުން އެ ފައިސާ ފަޒުލްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމުގެ މައްސަލަ ފެންމަތިވެފައިވަނީ 18 ޑިސެންބަރު 2024 ވީ ބުދަ ދުވަހު ސޯޝަލް މީޑިއާގައެވެ. ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން ބުދަ ދުވަހުގެރޭ އެޗްޑީސީގެ އެމްޑީ ފަޒުލް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ވެސް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ނުދެވި، ފަޒުލް ހެއްދެވީ ދޮގުކަން ވަނީ ހާމަވެގެން ގޮސްފައެވެ. އަދި ދެމީހަކަށް އެއް ބިމެއް ލިބުނު ގޮތް ސާފުކޮށް ނުދެވި ފަޒުލް ވިދާޅުވީ ބޭބެ އަށް ގަވައިދާ ޚިލާފަށް ގޯތި ލިބުނީ އިއްތިފާގަކުން ކަމަށެވެ. އަދި އެގޯތީގެ ވަށާފާރު ނުރާނާ ކަމަށް ފަޒުލް ވިދާޅުވި ނަމަވެސް އެގޯތީގެ ވަށާފާރު ވަނީ ރާނާފައެވެ.

މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ފަޒުލް މަގާމުން އިސްތިއުފާ ދެއްވީ 21 ޑިސެންބަރު 2024 ގައެވެ.

- ކޮމެންޓް