Advertisement
ކ. މާލެ
|
30 ޖުލައި 2025 | ބުދަ 13:38
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް
ރާއްޖެއެމްވީ
މައުރޫފް ޖަމީލް
އެޗްޑީސީގެ އެމްޑީ މައުރޫފް އެމަގާމުން އިސްތިއުފާ ދެއްވައިފި
މައުރޫފް އިސްތިއުފާ ދެއްވާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުން
މައުރޫފް އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެއް

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުރޫފް ޖަމީލް އެޗްޑީސީގެ ވެރިޔަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގަ އެވެ. މައުރޫފް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި, އަދި އެޗްޑީސީ ފުރަތަމަ އުފައްދައިގެން އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މައުރޫފް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ރިޓަޔާކުރައްވާނެކަން ވެސް އިއުލާނުކުރައްވާފަ ވަނިކޮށެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް އެނގިފައިވާ ގޮތުގައި މައުރޫފް އިސްތިއުފާ ދެއްވާފައިވަނީ، އިސްތިއުފާ ދެއްވަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އޭނާއަށް އެންގުމުންނެވެ.

އެޗްޑީސީގެ އެމްޑީ މަގާމުން މައުރޫފް އިސްތިއުފާ ދެއްވިއިރު، ސަރުކާރު ކުންފުނިތަކުގެ އިސް ބޭފުޅުންނަށް ބަދަލު ގެންނަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

މައުރޫފާ އެޗްޑީސީ ހަވާލު ކުރީ މި ސަރުކާރުގައި ފުރަތަމަ އެ މަގާމަށް ވަޒީރެއްގެ ފެންވަރުގައި އައްޔަންކުރެއްވި އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނު ވަރަށް ސީރިއަސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ މައްސަލަ ބަލަން ފެށުމުން ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

- ކޮމެންޓް