Advertisement
ކ. މާލެ
|
8 ޑިސެންބަރ 2023 | ހުކުރު 12:01
ކުޅުދުއްފުށީ ރީޖަނަލް ޕޯޓް
ކުޅުދުއްފުށީ ރީޖަނަލް ޕޯޓް
އެމްޓީސީސީ
ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީކުރުން
ކުޅުދުއްފުށީ ރީޖަނަލް ޕޯޓް މަޝްރޫއުގެ 51 އިންސައްތަ ނިމިއްޖެ
މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ
މިހާރު ކުރިއަށް ދަނީ ސްޓީލް ސްޓްރަކްޗަރގެ އެެސެމްބްލިންގ މަސައްކަތް
މި މަޝްރޫއުގެ ދަށުން، ވޯކްޝޮޕް އިމާރާތަކާއި ވެހިކަލް ގަރާޖެއް ހެދުމުގެ މަސައްކަތް ހިމެނޭ

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ސްޓީލް ސްޓްރަކްޗަރގެ އެެސެމްބްލިންގ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެއެވެ.

Advertisement

މި މަޝްރޫއުގެ ދަށުން، ވޯކްޝޮޕް އިމާރާތަކާއި ވެހިކަލް ގަރާޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ވޯކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް އޭރިއާއަކީ 1461 އަކަ މީޓަރު، އަދި ބިލްޑް އަޕް އޭރިއާއަކީ 1122 އަކަ މީޓަރެވެ.

މި މަޝްރޫއަކީ 24.59 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް