Advertisement
ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 14:34
ފްލެޓްތަކާ ގުޅޭ ގޮތުން އާދިއްތަ ދުވަހު ބޭއްވި ޕެޓި ކޮމިޝަންގެ ތެރެއިން
ފްލެޓްތަކާ ގުޅޭ ގޮތުން އާދިއްތަ ދުވަހު ބޭއްވި ޕެޓި ކޮމިޝަންގެ ތެރެއިން
ރާއްޖެއެމްވީ
ކަސްޓަމްސްއަށް ދޫކުރާ ފްލެޓުތައް
ކަސްޓަމްސްގެ ފްލެޓު ވުޖޫދުގައި ނެތް ކަމަށް ވިދާޅުވުމުން މިނިސްޓަރަށް ވާނުވާ އޮޅުން ފިލުއްވައިދެއްވައިފި
ކަސްޓަމްސްއާއި އެޗްޑީސީން އެއްބަސްވުމެއް ހަދާފައިވާ ކަމަށްވާނަމަ އެ އެއްބަސްވުމަށް އިހުތިރާމް ކުރާނެ
ކަސްޓަމްސްގެ ވެރިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދައި ދިނުމުގެ މާ ބޮޑު "އިންޓްރެސްޓެއް" ނެތް
ކުރީ ސަރުކާރުގައި 100 ފްލެޓު ކަސްޓަމްސްގެ މުވައްޒަފުންނަށް ވަނީ ޚާއްސަކޮށް އެކަން އިއުލާންކޮށްފައި

ކަސްޓަމްސް މުވައްޒަފުންނަށް ކުރީ ސަރުކާރުން ދޭން އިއުލާންކޮށްފައިވާ ފްލެޓްތަކަކީ ވުޖޫދުގައި ވެސް ނެތް ފްލެޓްތަކެއް ކަމަށް ވިދާޅުވެ ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު ބޮޑު ދޮގެއް ހެއްދެވުމުން ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު މިނިސްޓަރަށް ވާނުވާ އޮޅުން ފިލުއްވައި ދެއްވައިފި އެވެ.

ހޯމަ ދުވަހު ޕެޓިޝަން ކޮމެޓީގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ދޫކުރާ 100 ހައުސިންގ ޔުނިޓާ ގުޅޭގޮތުން މިނިސްޓަރު ހައިދަރާ ވަނީ ސުވާލުކޮށްފައެވެ.

Advertisement

މިނިސްޓަރު ހައިދަރު ވިދާޅުވީ ކަސްޓަމްސްގެ 100 ފްލެޓަކީ ވުޖޫދުގައި ނެތް ފްލެޓުތަކެއް ކަމަށެވެ. 4000 ފްލެޓު ދޫކޮށްފައިވާއިރު، ކަސްޓަމްސްގެ 100 ފްލެޓު ނުހިމެނޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ ކަސްޓަމްސްއާއި ހައުސިންގ ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން އެއްބަސްވުމެއް ހަދާފައިވާ ކަމަށްވާނަމަ އެ އެއްބަސްވުމަށް އެޗްޑީސީން އިހުތިރާމް ކުރާނެ ކަމަށެވެ. އަދި މިކަމާ ހައުސިންގ މިނިސްޓްރީން ކަސްޓަމްސްގެ ވެރިންނާ މަޝްވަރާކުރި ކަމަށެވެ. ކަސްޓަމްސްގެ ވެރިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދައި ދިނުމުގެ މާ ބޮޑު "އިންޓްރެސްޓެއް" ނެތް ކަމަށް ވެސް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

އަޅުގަނޑު މިބަލަނީ ކުރީ ސަރުކާރުން އިއުލާންކޮށްގެން 2022 ވަނަ އަހަރު އިއުލާންކޮށްގެން އެޕްލިކޭޝަންތައް އައިސްފައި ހުރި މި 4000 ފްލެޓަށް އެނގޭތޯ. އޭގެ ތެރޭގައި ކަސްޓަމްސްގެ ވާހަކައެއް ނެތް. އެ އެޕްލައި ކުރި މީހުންގެ ތެރެއިން 4000 ފްލެޓު ކަނޑައަޅާފައި މިއޮތީ. ދެން ކަސްޓަމްސްއާއި އެޗްޑީސީއާ ދޭތެރޭގައި އެގްރިމެންޓެއް އޮތް ކަމަށްވަންޏާ އެ އެގްރިމެންޓަށް އެޗްޑީސީން އިހުތިރާމް ކުރާނެ. އެހެންނަމަވެސް މި 4000 ފްލެޓުގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައި ނެތް. ދެން އެކަމާ ގުޅޭގޮތުން އަޅުގަނޑުމެން ކަސްޓަމްސްއާ މަޝްވަރާކުރިއިރު ކަސްޓަމްސްއިން މާ ބޮޑު އިންޓަރެސްޓެއް ނެތޭ އަޅުގަނޑަށް ފާހަގަވީ އެ ފްލެޓުތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓު ހޯދާކަށް.
ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު

ކަސްޓަމްސް މުވައްޒަފުންނަށް ކުރީ ސަރުކާރުން ދޭން އިއުލާންކޮށްފައިވާ ފްލެޓްތަކަކީ ވުޖޫދުގައި ވެސް ނެތް ފްލެޓްތަކެއް ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި މެމްބަރު ޒިޔާދު ވިދާޅުވީ 19 ވަނަ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ކުރިއަށް ގެންދިޔަ 8 ވަނަ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ބައްދަލުވުމުގެ ހުލާސާގައި 4000 ފްލެޓުގެ ތެރެއިން 3900 ފްލެޓަށް ޝަކުވާ ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި 100 ފްލެޓަކީ ފަހުން ކަސްޓަމްސްއަށް ދީފައިވާ ފްލެޓުތަކެއް ފާހަގަކޮށްފައިވާތީ އެއީ ހިނގާފައިވާ ކަމެއްކަން ހާމަވާ ކަމަށް މެމްބަރު ޒިޔާދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓްގެ ތެރެއިން 100 ފްލެޓް ޚާއްސަކޮށްފައިވަނީ ކަސްޓަމްސްގެ މުވައްޒަފުންނަށެވެ. އޭރު އެކަން ހައުސިން މިނިސްޓްރީން ވެސް ހާމަކޮށްފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް