Advertisement
ކ. މާލެ
|
4 ޑިސެންބަރ 2023 | ހޯމަ 11:32
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
ރާއްޖެއެމްވީ
ކުށުގެ ރެކޯޑު
ޕީޖީ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް ވަގުތީ ގޮތުން ބަދަލެއް
އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި ޢާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި ސާފުކޮށްދޭ
މި ދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުން ހިނގާނީ ރަސްމީ މަސައްކަތު ވަގުތުގައި އެކަނި

ޕީޖީ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތަށް ވަގުތީ ގޮތުން ބަދަލު ގެނެސްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި، އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި ޢާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި ސާފުކޮށްދޭ ކަމަށެވެ.

އެހެންނަމަވެސް، ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން، މި ނިޒާމު މިވަގުތު އޮތީ ތޮއްޖެހިފައިކަމަށް އެ އިދާރާއިން ބުނެއެވެ. އެއީ ފެނަކަ ކޯޕަރޭޝަނުން އެ އޮފީހުގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފު ކުރުމަށްހުށައަޅާފައިވާތީއެވެ.

އަދި އެކަމުގެ ސަބަބުން ޕީޖީ އޮފީހުން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކަށްވެސް ބުރޫ އަރާފައިވާކަން އެ އޮފީހުން ފާހަގަކޮށްފައިވެއެވެ. އެގޮތުން އާދިއްތަ ދުވަހު އެކަނި އެ އޮފީހަށް ކުށުގެ ރެކޯޑު ސާފު ކުރުމަށް 3930 ފޯމު ލިބިފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ، ޢާންމު ގޮތެއްގައި އަހަރަކު އެ އޮފީހުން ކުށުގެ ރެކޯޑު ސާފުކޮށްދެނީ ޖުމްލަ 13،000 އެއްހާ ފޯމު ކަމަށެވެ. ވުމާއެކު، އާދިއްތަ ދުވަހު ހުށަހަޅާފައިވާ ފޯމުތަކަކީ ގާތްގަނޑަކަށް އަހަރަކު އަންނަނާނެކަމަށް އަންދާޒާކުރާ ފޯމުގެ %30 ޕަސެންޓުކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

Advertisement

އޭގެ ތެރެއިން 3419 ފޯމުގެ ރެކޯޑު ސާފުކޮށްދެވިފައިވަނީ ރޭގަނޑާއި ހަމައަށް މަސައްކަތް ކޮށްގެންކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

ޕީޖީ އޮފީހުން ބުނީ، މިއީ ދެމެހެއްޓެނިވި ކަމަކަށް ނުވާތީ، މި ދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުން ހިނގާނީ ރަސްމީ މަސައްކަތު ވަގުތުގައި އެކަނި ކަމަށެވެ.

ކޮންމެ ދުވަހަކުވެސް ރަސްމީ ވަގުތު ނިމެންދެން އެދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ސާފުކޮށްދޭނެ ކަމަށާއި، އެއަށްފަހު ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް ފަށާނެކަމަށް ބުނެފައިވެއެވެ.

އެއަށްފަހު، މިހާރު ހުރި ފޯމުތަކުގެ ކުށުގެ ރެކޯޑު ސާފު ކޮށްދެވުމުން ކުރިންވެސް ޚިދުމަތް ދެމުން ގެންދިޔަގޮތަށް ދުވަހުން ދުވަހަށް ފޯމުތައް ސާފުކޮށްދެމުން ގެންދާނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް