Advertisement
ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 08:19
އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަ ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަ ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީގެ މަސައްކަތްތައް
އަމާންކަމާއެކު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބަކީ 2023ގެ އިންތިޚާބު، އެކަންވީ އެމްޑީޕީގެ ޑިމޮކްރަޓިކް ނިޔަތް ރަނގަޅުވުމުން - ފައްޔާޒް
ކުރިއަށް އޮތީ މަޖިލީހަށް އުނދަނގޫ، ޒިންމާދާރު މަސައްކަތްތަކެއް ކުރަން ޖެހޭނެ ދުވަސްކޮޅެއް ކަަމަށް ވިދާޅުވި
ރާއްޖެ އަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އެމްޑީޕީ އިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި
ފައްޔާޒް ވިދާޅުވީ އުކުޅަހުގައި ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމަކީ 5 އަހަރު ދުވަހުގެ ހެޔޮ ވެރިކަމަކަށް ފަހު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ބޭނުމުގައި ބޭއްވި ބައްދަލުވުމެއް ކަަމަށް

ޑިމޮކްރެޓިކް ނިޒާމެއް ޤާއިމްކޮށް، އޭގެ ތެރެއިން އަމާންކަމާއި އޮމާންކަމާއެކު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބަކީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ކަމަށާއި އެކަން އެގޮތަށް ކުރެވުނީ އެމްޑީޕީގެ ޑިމޮކްރެޓިކް ނިޔަތް ރަނގަޅުވުމުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުން ޗެއަރކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ރާއްޖޭގައި ދިވެހިން ޤަބޫލުކުރާ ޑިމޮކްރަޓިކް ނިޒާމެއް ޤާއިމްކުރެވިފައިވާ ކަމަށާއި އެކަމުގެ ފުރިހަމަ ފަޚުރުވެރިކަން އެމްޑީޕީ އަށް ލިބޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އުކުޅަހުގައި ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމަކީ 5 އަހަރު ދުވަހުގެ ހެޔޮ ވެރިކަމަކަށް ފަހު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ބޭނުމުގައި ބޭއްވި ބައްދަލުވުމެއް ކަަމަށެވެ.

Advertisement

އެމްޑީޕީގެ އަސާސްތައް ނަގަހައްޓާ، އެމްޑީޕީން ރާއްޖެ އަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އެމްޑީޕީއާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. ޚާއްސަކޮށް ރާއްޖޭގައި އަމާން މުޖުތަމައެއް ޤާއިމްކުރުމަށާއި އަބަދުވެސް ދިވެހިން ބޭނުންވި ފަދަ ޑިމޮކްރަޓިކް ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުގައި ތިބެގެން މަސައްކަތްތަކެއް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ އަށް ދެން ކުރިއަށް އޮތް ކަމަކީ އެމްޑީޕީން ކުރި މަސައްކަތް ދަމަހައްޓާ ނެގެހެއްޓުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެމްޑީޕީ އިން ހޯދައިދިން ކާމިޔާބީތައް ފުރޮޅާލާ، ފަހަތަށް ޖައްސާ، އަލުން ޤައުމުގައި އަނިޔާވެރިކަން އިޔާދަވިޔަ ނުދިނުމަށް މިއަދު އެމްޑީޕީން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ވަރަށް ދަތި ހާލުން މަޖިލީހުގެ ރިޔާސަތު އަލުން ހޯދުމުގައި އެމްޑީޕީން ހޯދީ ކާމިޔާބެއް ކަމަށް ފާހަގަކުރައްވާ އެކަމަށްޓަކައި ފައްޔާޒު މަރުޙަބާ ވިދާޅުވިއެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ ޒިންމާ ވަރަށް ބޮޑުކަން ފާހަގަކުރައްވާ ކުރިއަށް އޮތީ މަޖިލީހަށް އުނދަނގޫ، ޒިންމާދާރު މަސައްކަތްތަކެއް ކުރަން ޖެހޭނެ ދުވަސްކޮޅެއް ކަަމަށް ފައްޔާޒް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް