ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 17:15
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ފޭދޫ ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާކުރުން
ފޭދޫ ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާކުރުމަށް ނިންމި ނިންމުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
ފޭދޫ މެޖިސްޓްރޭޓް ކޯޓުން އެދިފައިވަނީ ޕީޖީ އޮފީހަށް ލިބިފައިވާ މައުލޫމާތެއް ނޫން

އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ޖޫރިމަނާކުރުމަށް ނިންމެވި ނިންމެވުން އިސްތިއުނާފު ކުރުމުގެ މައްސަލަ ހައިކޯޓުން މިހާރު ބަލައިގެންފިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި މެޖިސްޓްރޭޓް ހޯއްދަވަން އަމުރު ކުރެއްވި މަޢުލޫމާތު، އެކޯޓުން އެދިވަޑައިގެންނެވި ދުވަހަށް ފޮނުވިފައި ނުވާކަމަށް ބުނެ އެ ކޯޓުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ޖޫރިމަނާކުރުމަށް ނިންމެވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެއީ 14 ނޮވެންބަރު 2023 ގައެވެ.

Advertisement

އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމެވުމަކުން މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް 15 ނޮވެންބަރު 2023 ގައި ނިންމެވުމާ ގުޅިގެން، އެ ނިންމެވުން މުރާޖަޢާ ކޮށްދެއްވުން އެދި 19 ނޮވެންބަރު 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޕީޖީ އޮފީހުން ވަނީ ހުށަހަޅާފައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ކޯޓުން އެދުނު މަޢުލޫމާތު ފޮނުވިފައިނުވަނީ، އެ މަޢުލޫމާތަކީ އެ އޮފީހަށް މައްސަލައިގައި ލިބިފައިވާ މަޢުލޫމާތަކަށްނުވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް