ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 22:23
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައްޔިތުންގެ މަޖިލިސް
ބިންވެރިކަމާއި ގެދޮރުވެރިކުރުވުން
''އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި، ބަގީޗާތަކުގެ ހާރެއް އަތުރާލާނީ މި ސަރުކާރުން''
ބިންވެރިކަމާއި ގެދޮރުވެރިކަމަކީ ރާއްޖޭގައި ވަރަށް ހައްސާސް މައްސަލައެއް
ސިއްހީ އެތައް ގެއްލުންތަކަކާއި ކުރިމަތިލާންޖެހޭ
ރާއްޖެއަށް ދެމެހެއްޓެނިވި އަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވޭ

އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި، ބަގީޗާތަކުގެ ހާރެއް އަތުރާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހަވީރު ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބް ކުރައްވާ ތަޤްރީރުކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ ބިންވެރިކަމާއި ގެދޮރުވެރިކަމަކީ ރާއްޖޭގައި ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއިލީ އިޖްތިމާއީ މައްސަލަތައް ނުކުންނަ ކަމަށާއި، ދީނީ، އަހުލާގީ މައްސަލަތައް ވެސް އުފަންވާ ކަމަށެވެ. ހަމައެހެންމެ ސިއްހީ އެތައް ގެއްލުންތަކަކާއި ވެސް ކުރިމަތިލާންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Advertisement

ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ދިވެހިންނަށް ގެނެސްދޭނީ މިފެށުނު ރިޔާސީ އައު ދައުރުގައިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި، ބަގީޗާތަކުގެ ހާރެއް އަތުރާލައްވާނެ ކަމަށެވެ. އެކަމުގެ ގިނަ މަސައްކަތްތަކެއް ހުރީ ކަރުދާހުގައި ލިޔެ ނިމިފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ދިވެހިންނަށް ގެނެސްދޭނީ މިފެށުނު ރިޔާސީ އައު ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި، ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަ ބޭފުޅުންނަށް މި އައު ސަރުކާރުން. އެކަމުގެ ގިނަ މަސައްކަތްތަކެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޒަމާނީ އައު ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް ދިވެހިފަޅުފަޅުން އުފިލިލާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދެމެހެއްޓެނިވި އަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވާ ކަމަށެވެ. އެއީ ސަރަހައްދީ ތަރައްގީގެ ވިސްނުން ކަމަށާއި، އެކަމަށްޓަކައި މެދުރާސްތާގެ އަމާޒުތަކަށް ދުރުރާސްތާ އަމާޒުތަކަށް ކަނޑައަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީ ގެނައުމުގައި ރައްޔިތުންގެ އުންމީދުތަކާއި ވިސްނުންތައް ހިއްސާކުރުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް