ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 10:57
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް
ރާއްޖެއެމްވީ
އީޕީއޭ
ޑިއު ޑިލިޖެންސަށް ހުށަހަޅާއިރު ސައްހަ މައުލޫމާތު ހިމެނުމަށް އަންގައިފި
ހުށަހަޅާ ބައެއް ހުށަހެޅުންތަކުގައި މައުލޫމާތު ފުރިހަމަ ނޫން
"ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދޭ ރަށްރަށާއި ފަޅުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުންނަކަން ފާހަގަކުރެވޭ

ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުން "ޑިއު ޑިލިޖެންސް"އަށް އެދި ހުށަހަޅާއިރު ސައްހަ މައުލޫމާތު ހުށަހެޅުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެދިއްޖެއެވެ.

އީޕީއޭ އިން ކޮށްފައިވާ ބުރާސްފަތި ދުވަހު އާންމުކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުގެ "ޑިއު ޑިލިޖެންސް" ހެދުމުގެ މަސައްކަތް، އެކި ފަރާތްތަކުން ކުރަމުންދާއިރު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން އެ ކުންފުންޏާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އެ އެޖެންސީއަށް ހުށަހަޅަމުންދާ ކަމަށެވެ. އެކަމަކު ހުށަހަޅާ ބައެއް ހުށަހެޅުންތަކުގައި މައުލޫމާތު ފުރިހަމަ ނުވުމާއި، "ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދޭ ރަށްރަށާއި ފަޅުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުންނަކަން ފާހަގަކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

Advertisement

އީޕީއޭ އިން ވަނީ "ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދި ހުށަހަޅާއިރު، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެ ރަށަކަށް ހާއްސަކޮށްފައިވާ އެފް ކޯޑް ބޭނުންކުރުމަށާއި، އެފް ކޯޑު ނެތް ފަޅެއްގެ "ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދި ހުށަހަޅާނަމަ އެ ފަޅަކަށް ކަނޑައެޅިފައިވާ ރަނގަޅު ލޮކޭޝަން ބަޔާންކުރުމަށް ސަމާލުވުމަށްވެސް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް