Advertisement
ކ. މާލެ
|
17 އޯގަސްޓް 2025 | އާދީއްތަ 23:33
އީޕީއޭގެ އެންމެ އިސްވެރިޔަކަށް ކުރިން ހުންނެވި ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އާއި ޕާމިނެންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާ
އީޕީއޭގެ އެންމެ އިސްވެރިޔަކަށް ކުރިން ހުންނެވި ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އާއި ޕާމިނެންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާ
މިހާރު
އީއާރުއޭ
އީޕީއޭ ގެ ހުރިހާ ބާރެއް މިނިސްޓަރުގެ ދަށަށް ބަދަލުކޮަށް އެކުލަވާލި "އީއާރުއޭ" އަށް ވެރިޔަކު ހޯދަނީ
އީޕީއޭގެ ހުރިހާ ބާރެއް މިހާރު ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ ދަށަށް ބަދަލުކޮށްފަ
އީޕީއޭގެ ބާރުތައް ކަނޑާލުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ

އީޕީއޭގެ ނަން ބަދަލުކޮށް އެކުލަވާލި އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ޒިންމާދާރު އެންމެ އިސްވެރިޔާގެ މަގާމަށް މީހަަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

ސިވިސް ސާވިސް ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މަގާމުގެ މުސާރަ އެއްގެ ގޮތުގައި އެލަވަނަސް ތަކާއިއެކު މަހަކު 35،000 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ.

އީޕީއޭގެ ނަން އަދި ހިންގުމަށް ރައީސް މުއިއްޒު ގެންނެވި ބަދަލު ތަކުގެ ސަބަބުން އެ އިދާރާގެ ހުރިހާ ބާރެއް މިހާރު ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ ދަށަށް ބަދަލު ކޮށްފަ އެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން އުފެއްދި އީޕީއޭ، މީގެ ކުރިން ހިނގަމުން ދިޔައީ ގަވާނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ.

އީޕީއޭގެ ބާރު ކެނޑޭ ގޮތަށް ރައީސް މުއިއްޒު ގެންނެވި ބަދަލު ތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. މި ބަދަލުތަކާ ގުޅޭ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ އީޕީއޭގެ ދައުރެއް ނެތި އީއައިއޭ ހެދޭ ގޮތަށް ސަރުކާރުން އީއައިއޭގެ ގަވާއިދަށް އިސްލާހު ގެނައުމުން އީޕީއޭގެ ބާރެއް ނެތްކަން ދައްކުވައިދޭ ކަމަށެވެ. އަދި މިއީ ސަރުކާރުގެ މަސައްކަތްތައް ބެލުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެކި މުއައްސަސާތަކުގެ ދައުރު ހަނިކޮށް، ބަލިކަށި ކުރުމަށް މިހާރު އޮތް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީޕީއޭގެ ރެގިއުލޭޓަރީ ދައުރު ހަރުދަނާ ކުރުމުގެ ފުރުސަތު އޮއްވައި، އެތަނުގެ މިނިވަންކަން ނަގާލުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ، އެއީ ބާރުތައް ޖަމާ ކުރަން މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރަމުން އައި މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށެވެ.

- ކޮމެންޓް