ކ. މާލެ
|
9 ނޮވެންބަރ 2023 | ބުރާސްފަތި 17:18
އަލްއުސްތާޛު އާދަމް ޛާލިފް
އަލްއުސްތާޛު އާދަމް ޛާލިފް
ރާއްޖެއެމްވީ
ސިވިލް ކޯޓުގެ ފަނޑިޔާރު
ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އާދަމް ޛާލިފް އައްޔަންކުރަން ނިންމައިފި
ޛާލިފް އަކީ ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް

ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ގއ. ގެމަނަފުށި، އޯކިޑުމާގެ އަލްއުސްތާޛު އާދަމް ޛާލިފް އައްޔަންކުރަން ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ ދިވެހިރާއްޖޭގެ ސިވިލްކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ އަލްއުސްތާޛު އާދަމް ޛާލިފް، ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ޢައްޔަންކުރުމަށް 2023 ނޮވެންބަރު 8 ދުވަހު ބޭއްވުނު މިކޮމިޝަންގެ 71 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށެވެ.

Advertisement

އަލްއުސްތާޛު އާދަމް ޛާލިފް އަކީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އާއި މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާ، ވަކާލާތުކުރައްވާ އަދި ޏ.ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަޤާމް އަދާކުރައްވާފައިވެއެވެ. އަލްއުސްތާޛު އާދަމް ޛާލިފް ފަނޑިޔާރުކަމަށް ޢައްޔަންކުރަން ނިންމެވިއިރު އޭ.އެންޑް ޒެޑް އެސޯސިއޭޓްސް އެލް.އެލް.ޕީގެ މެނޭޖިންގ ޕާޓްނަރގެ މަޤާމް އައީ އަދާ ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް