Advertisement
ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 14:54
ފަނޑިޔާރު އަހުމަދު ޝަކީލް
ފަނޑިޔާރު އަހުމަދު ޝަކީލް
ގޫގުލް
ޝަކީލް ރިޓަޔަރ ކުރެއްވުން
ފަނޑިޔާރު ޝަކީލް ރިޓަޔަރކުރައްވަން ޖޭއެސްސީން ނިންމައިފި
ޝަކީލަށް ކުރިމަތިވެފައި ވަނީ ހިތުގެ ބައްޔެއްކަމުގައިވާ Sick Sinus Syndrome
އަޙްމަދު ޝަކީލު ފަނޑިޔާރުކަމުގެ މަސައްކަތުގައި 20 އަހަރު ހިދުމަތްކުރައްވާފައިވޭ

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރކުރައްވަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިިފިއެވެ.

ޖޭއެސްސީން ބުނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ނ) އާއި، ފަނޑިޔާރުންގެ ރިޓަޔަރމެންޓް ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ)ގެ ދަށުން، ސިއްހީ ސަބަބާހުރެ ފަނޑިޔާރުކަމުން ރިޓަޔަރވުމަށް އެދިވަޑައިގެން ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް، ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ބައްޔާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރުގެ ލިޔެކިއުމާއެކު ހުށަހެޅުއްވުމުން، އެ ލިޔެކިއުމަށް ރިއާޔަތްކޮށް ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ފަނޑިޔާރުކަމުން ރިޓަޔަރކުރުމަށް، އިއްޔެ ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ވޯޓްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލަށް ކުރިމަތިވެފައި ވަނީ ހިތުގެ ބައްޔެއްކަމުގައިވާ Sick Sinus Syndrome އެވެ. މި އާލާސްކަންފުޅާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޕޭސްމޭކަރ ލައްވާފައިވެއެވެ. މި ބައްޔާހުރެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލަށް މިހާރު ކުރިމަތިވަމުންދާ އުނދަގޫތަކާ ގުޅިގެން ޑޮކްޓަރު ދެއްވާފައިވާ ރެކަމަންޑޭޝަންތަކަށް، އެ ކޮމިޝަނުން ގޮތެއް ނިންމުމުގައި ބުރަވެފައި ވާނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

Advertisement

ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލު ފަނޑިޔާރުކަމުގެ މަސައްކަތުގައި 20 އަހަރު ހިދުމަތްކުރައްވާފައިވެއެވެ.

ސިއްހީ ސަބަބާހުރެ ފަނޑިޔާރުން ރިޓަޔަރކުރުމަކީ ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކޮމިޝަނުން އަދާކުރަމުންދާ މަސްއޫލިއްޔަތެކެވެ. ސިއްހީ ސަބަބަށްޓަކައި މި އަހަރު މިހައިތަނަށް ހަތަރު ފަނޑިޔާރަކު ރިޓަޔަރކޮށްފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް