ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 17:33
ފޭދޫ ފަޅު ގެއެއްގެ ތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވުން
ފޭދޫ ފަޅު ގެއެއްގެ ތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވުން
އެމްއެންޑީއެފް
އަލިފާން ރޯވުން
ފޭދޫ ފަޅު ގެއެއްގެ ތެރޭގައި ހުރި ގަސްތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ

އައްޑޫސިޓީ ފޭދޫ ހަސީނީ ސްޓޯރ ކައިރި، ފަޅުގެއެއްގެ ތެރޭގައި ހުރި ގަސްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ. ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު މެންދުރު 12:15 އެހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ. ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް ފަޔަރ ފައިޓަރުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ މެންދުރުފަހު 13:08 ހާއިރުއެވެ.

Advertisement

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް