ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 19:16
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދާއި ސިވިލް ކޯޓުގެ އިސް ގާޒީ މަރްޔަމް ވަހީދު
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދާއި ސިވިލް ކޯޓުގެ އިސް ގާޒީ މަރްޔަމް ވަހީދު
ޖުޑީޝަރީ ދާއިރާ
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު، ސިވިލް ކޯޓުގެ އިސް ގާޒީއަކަށް މަރްޔަމް ވަހީދު
އަލްއުސްތާޒާ މަރްޔަމް ވަހީދު ފަނޑިޔާރުކަމަށް އައްޔަންކުރެވުނީ 2013 ޖަނަވަރީ 08 ވަނަ ދުވަހު
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ކުރިމަތިލައްވާފައި ވަނީ ފަނޑިޔާރު ޝަހީދު އެކަނި
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ، ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 68 ވަނަ ޖަލްސާގައި

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދު، އަދި ސިވިލް ކޯޓުގެ އިސް ގާޒީކަމަށް އަލްއުސްތާޒާ މަރްޔަމް ވަހީދު އައްޔަންކުރައްވައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 68 ވަނަ ޖަލްސާގައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލާފައިވަނީ، އެ މަގާމުގައި ހުންނެވި އަލްއުސްތާޒޫ އަހުމަދު ނިމާލް ޖުނައިދު މިިދިޔަ ސެޕްޓެމްބަރު މަހު އަވަހާރަވެފައިވާތީއެވެ. އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ގާޒީ މަރިޔަމް ވަހީދުގެ އިތުރުން ގާޒީ ހާފިޒާ އަބްދުއްސައްތާރެވެ.

Advertisement

މީގެ އިތުރުން، ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ކުރިމަތިލައްވާފައި ވަނީ ފަނޑިޔާރު ޝަހީދު އެކަންޏެވެ.

އަލްއުސްތާޒު ހުސައިން ޝަހީދަކީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ، އަދި ބެޗެލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2014 ނޮވެމްބަރު 26 ވަނަ ދުވަހުން ފެށިގެން ދަނީ ފަނޑިޔާރުކަން ކުރައްވަމުންނެވެ. އޭނާ ވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އެމަނިކުފާނު އައްޔަންކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުގެ އިސް ގާޒީކަމަށް އައްޔަންކުރައްވާފައިވާ އަލްއުސްތާޒާ މަރްޔަމް ވަހީދު، މާސްޓަރސް އޮފް ޝަރީއާ ހާސިލްކުރެއްވީ ވިލާ ކޮލެޖުންނެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗެލަރސް އޮފް ލޯސް ހާސިލްކުރައްވާފައި ވެއެވެ. އޭނާ ގާޒީ ކަމަށް އައްޔަންކުރެއްވީ 2016 އޭޕްރީލް 13ގައެވެ. އޭގެ ކުރިން ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވަނީ ކުރައްވާފައެވެ. އަލްއުސްތާޒާ މަރްޔަމް ވަހީދު ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 2013 ޖަނަވަރީ 08 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް