Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2025 | އަންގާރަ 23:45
ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ރާއްޖެއެމްވީ
ސިވިލް ކޯޓު
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް
މިއީ ސިވިލް ކޯޓުން އެގްޒޯޓިކް އެންޓަޕްރައިސަސް ޣައިރު ހާޒިރުގައި ނެރުނު ހުކުމެއް
މި މައްސަލާގެ އިތުރުންވެސް އިތުރު މައްސަލައެއް ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެ

އެގްޒޮޓިކް އެންޓަޕްރައިސަސް އިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް، އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސްއެއްގައި ހުއްޓާ ގެއްލުނު މައްސަލައެއްގައި، 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެ ހަފްތާގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން އެ ކުންފުންޏަށް ހުކުމްކޮށްފި އެވެ.

މި މައްސަލާގެ ދައުވާގައި ބުނެފައިވަނީ، އެގްޒޯޓިކް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި 180 ކޭސް ޔެލޯ ސިނގިރޭޓާއި، 300 ކޭށް މެންޗެސްޓަރ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓަރ ސިނގިރޭޓު އަދި 110 އެމެރިކަން ލެޖަންޑް ސިނގިރޭޓު ރާއްޖެ ގެނެސް އެގްޒޮޓިކްގެ ބޮންޑެޑް ވެއަރހައުސްގައި ބޮންޑު ކުރިނަމަވެސް 15 ކޭސް ކެމަލް ޔެލޯ ސިނގިރޭޓް ފިޔަވައި އިތުރު މުދަލެއް ބޮންޑެޑް ވެއާހައުސް އިން ނެރެފައިވާކަން ކަސްޓަމްސްގެ އެއްވެސް ރެކޯޑަކުން ފެންނަން ނެތް ކަމަށެވެ.

އަދި މި މައްސަލާގައި މުދަލުގެ ޑިއުޓީގެ ގޮތުގައި 47،182،011.86 (ސާޅިސްހަތް މިލިއަން އެއްލައްކަ އަށްޑިހަދެހާސް އެގާރަ ރުފިޔާ އަށްޑިހަ ހަ ލާރި) ދެއްކުމަށް ދައުވާ ލިބޭ ފަރާތަށް ތަކުރާރުކޮށް އެންގުމުން އެފައިސާ ދައްކާފައިނުވާތީ އެފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ އެކްޒޮޓިކްގެ އަތުން ހޯދުމަށް އެދި މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.

ސިވިލް ކޯޓުން އެގްޒޯޓިކް އެންޓަޕްރައިސަސް ޣައިރު ހާޒިރުގައި ނެރުނު ހުކުމުގައި ބުނެފައިވަނީ، ކުންފުނީގެ ބޮންޑެޑް ވެއާހައުސްއެއްގައި ހުއްޓާ ގެއްލުނު ސިނގިރޭޓަށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން، އެ ފައިސާ އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިއީ ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ސިނގިރޭޓު ތަކެކެވެ. މި މައްސަލާގެ އިތުރުންވެސް އިތުރު މައްސަލައެއް ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ.

- ކޮމެންޓް