ކ. މާލެ
|
17 އޮކްޓޯބަރ 2023 | އަންގާރަ 14:37
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ކޮޓަރިއެއް ބަލާ ފާސްކުރަނީ: ފައިލް ފޮޓޯ
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ކޮޓަރިއެއް ބަލާ ފާސްކުރަނީ: ފައިލް ފޮޓޯ
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކޮށް ބޭނުންކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އޭނާ ދިރިއުޅޭ ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވޭ
ކޮޓަރިން މަސްތުވާތަކެތި ބަންދުކޮށް ވިޔަފާރިކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވޭ

މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކޮށް ބޭނުންކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައިގައި ބަންދުކުރަން ކްރިމިނަލް ކްރިމިނަކް ކޯޓުން އަމުރު ނެރެފައިވަނީ ގދ. ގައްދޫ / ފުލޫނިޔާގެ، އަލީ ޔޫމަން ޖިހާދު (22އ) އެވެ. އޭނާ ބަންދުގައި ބަހައްޓަން އަމުކުރުކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.

ދިވެހި ފުލުހުންގެ ފަރާތުން އެދުނު މި އަމުރުގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާގެ ޖީބުންނާއި އޭނާ ދިރިއުޅޭ ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، އޭނާގެ ކޮޓަރިން މަސްތުވާތަކެތި ބަންދުކޮށް ވިޔަފާރިކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވަ ކަމަށެވެ.

Advertisement

މީގެ އިތުރުން ޔޫމަންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އެހެންކަމުން ޔޫމަން ބަންދުގައި ބަހައްޓަންޖެހޭ ހާލަތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ ދަށުން މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބަކީ، ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަމަށް ބެލެވުން ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ހައްޔަރު/ބަންދު ރެކޯޑް އޮތް ކަމަށް ސަބަބުގެ ތެރޭގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް