Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 17:29
އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ
އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ
މާލިއްޔަތު ކޮމިޓީ
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެދުނީ 123 މިލިއަން ރުފިޔާގެ ބަޖެޓަކަށް
އޮޑިޓު އޮފީހުގެ ބަޖެޓު އެކުލަވާލާފައި ވަނީ މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރަން 10.4 މިލިއަން ރުފިޔާ ހިމަނައިގެން
މިއީ 2023 ވަނަ އަހަރަށް ވުރެ 30 މިލިއަން ރުފިޔާ ބޮޑު ބަޖެޓެއް
2023 ވަނަ އަހަރު އެ އިދާރާގެ ބަޖެޓަކީ 93 މިލިއަން ރުފިޔާ

ކުރިއަށް އޮތް 2024 ވަނަ އަހަރު އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ 123 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅާ ދިނުމަށް އެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް އޮޑިޓަރޖެނެރަލްގެ އޮފީހުގެ ބޭފުޅުން ވަނީ ހާޒިރުކުރައްވާފައެވެ.

އެ ކޮމިޓީއަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ބަޖެޓަކީ މި ހިނގާ 2023 ވަނަ އަހަރަށް ވުރެ 30 މިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. 2023 ވަނަ އަހަރު އެ އިދާރާގެ ބަޖެޓަކީ 93 މިލިއަން ރުފިޔާއެވެ.

Advertisement

2023 އަށް ލަފާކުރާ ބަޖެޓުގައި އޮޑިޓަ ޖެނެރަލް އޮފީހުގެ ރިކަރެންޓު ހަރަދުގެ ގޮތުގައި ބޭނުންވާނެ ކަމަށް ލަފާކޮށްފައި ވަނީ 82 މިލިއަން ރުފިޔާއެވެ. އެ ފައިސާ ހޭދަކުރާނެ ގޮތުގެ ތަފްސީލްތަކަށް ބަލާ އިރު މުސާރަ އާއި އިނާޔަތުގެ ގޮތުގައި 56 މިލިއަން ރުފިޔާ، ދަތުރުފަތުރުގެ ޚަރަދަށް 5 މިލިއަން ރުފިޔާ، އިދާރީ ހިދުމަތްތަކަށް 15 މިލިއަން ރުފިޔާ އަދި ތަމްރީންތަކަށް 1 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި މަރާމާތުގެ ޚަރަދަށް 1 މިލިއަން ރުފިޔާ ވެސް ވަނީ ކަނޑައަޅާފައެވެ.

އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު ޕީއެސްއައިޕީ ބަޖެޓުގެ ތެރޭގައި 32 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވަނީ ހުޅުމާލޭގައި ހަދަމުންދާ އޮޑިޓް އޮފީހުގެ އާ އޮފީސް އިމާރާތް ނިންމުމެވެ.

އޮޑިޓު އޮފީހުގެ ބަޖެޓު އެކުލަވާލާފައި ވަނީ މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރަން 10.4 މިލިއަން ރުފިޔާ ހިމަނައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް