ކ. މާލެ
|
11 އޮކްޓޯބަރ 2023 | ބުދަ 22:42
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ރާއްޖެއެމްވީ
މެންބަރު ޣަފޫރަށް ކުރާ ތުހުމަތު ދޮގުކުރުން
''އަޅުގަނޑު މިހުރީ އެމްޑީޕީގައި ގަދަކޮށް'' - މެންބަރު އަބްދުލްޣަފޫރު މޫސާ
އެމްޑީޕީ ނޫން ޕާޓީއަކަށް އަދި ދުވަހަކު ވެސް ސޮއިނުކުރަން
މެންބަރު ޣަފޫރަކީ ރައީސް ސާލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނޫން ޕާޓީއަކަށް އަދި ދުވަހަކު ވެސް ސޮއި ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

މެންބަރު ޣަފޫރު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް ސޮއިކުރައްވާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާތީއެވެ.

މީގެ އިތުރުން މެންބަރު ޣަފޫރު ފޮޓޯއަކާއެކު، ދަ ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިޚާބީ ރައީސް ހުވާކޮށް ނިމޭއިރު އެމްޑީޕީގެ ލީޑަރޝިޕާއެކު ކިތައް މެމްބަަރުން ތިބޭނެބާކަމާއި މެދު ސުވާލު އުފައްދަވާފައެވެ. އަދި މެންބަރު ޣަފޫރަށް ޝިފާޒު ވަނީ މަރުޙަބާ ކިޔާފައެވެ.

މިތުހުމަތުތަކާއި ގުޅިގެން މެންބަރު ޣަފޫރު ވަނީ އެމްޑީޕީއާއެކު ގަދަކޮށް ހުރި ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެމްޑީޕީ ނޫން ޕާޓީއަކަށް އަދި ދުވަހަކު ވެސް ސޮއިނުކުރާ ކަމަށެވެ.

މެންބަރު ޣަފޫރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އެގޮތުން ސެޕްޓެންބަރު މަހުގައި ބޭއްވި ރިޔާސީ އިންތިޚާބަށް ކެންޕޭން ކުރެއްވުމުގައި އިސްކޮށް ހަރަކާތެރިވެވަޑައިގެންނެވިއެވެ. އަދި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާތަކުގައި ވާހަކަ ދައްކަވާއި، ރައީސް ސާލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ.

- ކޮމެންޓް
11 އޮކްޓޯބަރ 2023 | ބުދަ 23:35
ކަމަނަ
ސަބަސް ޢަފޫރު.