Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 23:08
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
އިންތިގާލީ ރައީސް
އެންމެ ހިތްހަމަޖެހޭ ގޮތަށް ޔާމީނާއި އިންތިޚާބީ ރައީސާއި އަދި ބައްދަލު ނުވޭ- ފިރުޒުލް
ފިރުޒުލް ވިދާޅުވީ ގާބިލް އިލްމީ މީހުންނަށް ޑރ.މުއިއްޒުގެ ސަރުކާރުން ޖާގަ ލިބޭނެ ކަމަށް
ވުޒާރާތަކުގެ އަދަދު އެކުލަވާލާ ނުނިމޭ ކަމަށާއި އެހެންކަމުން ވަޒީރުންގެ އަދަދު ހާމަކުރަން އަދި ދަތިކަމަށް އޭނާ ވިދާޅުވި
ސަރުކާރުގައި ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރުމަށް ނިންމާފައިވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފަ

ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިންތިޚާބީ ރައީސާއި އެންމެ ހިތްހަމަޖެހޭ ގޮތަށް އަދި ބައްދަލު ނުވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުވެ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ކުރީގެ ރައީސް ޔާމީނާއި މުއިއްޒު އާއި ބައްދަލު ކުރުމަށް އޮތް އެއް ގޮންޖެހުމަކީ ޔާމީން ގޭބަންދުގައި ހުރުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިޚާބީ ރައީސް އުޅުއްވަނީ ސަފީރުންނާއި ކަމާއި ގުޅުން ހުރި ބޭބޭފުޅުންނާއި ބައްދަލުކުރެއްވުމުގައި ވަރަށް އަވަދިނެތިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ދެ ބޭފުޅުންގެ ދެމެދުގައި މައްސަލަ އެއް ނެތް ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

Advertisement

މީގެ އިތުރުން އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރުމަށް ނިންމާފައިވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ. އެ އަދަދަކީ ރައީސް އޮފީހުގެ އަދަދުތަކާއި ވެސް އެކުގައި އެކުލަވާލާފައިވާ އަދަދުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ވުޒާރާތަކުގެ އަދަދު އެކުލަވާލާ ނުނިމޭ ކަމަށާއި އެހެންކަމުން ވަޒީރުންގެ އަދަދު ހާމަކުރަން އަދި ދަތިކަމަށް އޭނާ ވިދާޅުވިއެވެ. ފިރުޒުލް ވިދާޅުވީ ގާބިލް އިލްމީ މީހުންނަށް ޑރ.މުއިއްޒުގެ ސަރުކާރުން ޖާގަ ލިބޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް
11 އޮކްޓޯބަރ 2023 | ބުދަ 07:58
އެހީ
ގޭގަޔޭ އެހެރޭ ކީއްވެހޭ ބައްދަލު ނުވާންވީ.! ގެޔައް ވަނުމެއްނޫނޭ މީއީ ޔާމިނުގެ ވެރިކަމެއްނޫނޭ.