ކ. މާލެ
|
21 އޭޕްރިލް 2024 | އާދީއްތަ 09:05
ރައީސް ޑރ.މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ
ރައީސް ޑރ.މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ
ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓުލެއްވުން
ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ވޯޓުލުމަކީ ޒިންމާއެއް
ވޯޓުލުމުގެ ހައްގު އަދާކުރަންޖެހޭ
ވޯޓުލުން ކުރިއަށްދާނީ 5:30ށް

ވޯޓުލުމަކީ ޒިންމާއެއް ކަމަށާއި، ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހުގައި މީޑިއާތަކަށް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީއިން ލިބިދީފައިވާ ހައްގެއް ކަމަށާއި، އެ ހައްގުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

އެހެންކަމުން ވޯޓުލުން ލަސްނުކޮށް އަވަހަށް ވޯޓުލުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އަޅުގަނޑު ހަމަ ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނީ އަސާސީ ލިބިދީފައިވާ ހައްގެއް އަދި ޒިންމާއެއް. އެހެންވީމަ ހުރިހާ ރައްޔިތުން ނުކުމެ ވަޑައިގެން ވީހާ ވެސް އަވަހަށް ވޯޓުލުމުގެ ހައްގު އަދާ ކޮށްދެއްވާށޭ. ކޮންމެހެން ހަވީރުވަންދެން މަޑުނުކުރައްވާ އެބޭފުޅަކު ވޯޓު ލައްވަންޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓު ލެއްވުމަކީ އެބޭފުޅެއްގެ ހައްގެއް އަދި ޒިންމާއެއް ކަމަށްވީމަ އަޅުގަނޑު ހަމަ ވޯޓުލުމަށް އިލްތިމާސްކުރަން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ހޮނިހިރު ދުވަހު ވޯޓުލުން ފަށާފައިވަނީ 8:00 ގައެވެ. އަދި ވޯޓުލުން ކުރިއަށްދަނީ 5:30ށެވެ.

ވޯޓުލުމުގެ ވަގުތު އިތުރުނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

- ކޮމެންޓް