ކ. މާލެ
|
9 އޮކްޓޯބަރ 2023 | ހޯމަ 08:31
އެކްސިޑެންޓް ހިނގާފައިވާ ސަރަހައްދު ފުލުހުން ބަންދުކޮށްފައި
އެކްސިޑެންޓް ހިނގާފައިވާ ސަރަހައްދު ފުލުހުން ބަންދުކޮށްފައި
އެމްވީކްރައިސިސް
އެކްސިޑެންޓެއް ހިނގުން
ސައިކަލެއް ފޭރިގަނެގެން ބާރު ސްޕީޑްގައި ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓް ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ރޭ
މި އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވި
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ސައިކަލެއް ފޭރިގަނެގެން ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ސަލްޓަންޕާކް ހުންނަ ލިލީ މަގުގައި އާދިއްތަ ދުވަހުގެ ރޭ 7:02 ހާއިރުއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެން ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެތަނުން އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރިގެންފައިވާ ސައިކަލެއްކަން އެނގިފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓް ވުމާ ގުޅިގެން ފޭރިގެންފައިވާ ސައިކަލް ދުއްވަން އިން މީހާ ވަނީ ފިލާފައެވެ. ނަމަވެސް އެ ސައިކަލްގެ ފަހަތުގައި އިން މީހާގެ ހެއަށް ގޮތްވެ އޭނާ އޮތީ މަގުމައްޗަށް ވެއްޓިފަ އެވެ. އެކްސިޑެންޓްވި އަނެއް ސައިކަލްގައި މީހާއަށް ވެސް އަނިޔާވެފަ އެވެ. މި ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް