Advertisement
ކ. މާލެ
|
16 އޯގަސްޓް 2025 | ހޮނިހިރު 22:31
ހުކުރު ދުވަހުގެ ރޭ ލ. ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: މި އެކްސިޑެންޓާއި ގުޅިގެން 64 އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު، މި މައްސަލައާއި ގުޅިގެން މިހާރުވަނީ މީހަކު ހައްޔަރުކޮށްފަ
ހުކުރު ދުވަހުގެ ރޭ ލ. ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: މި އެކްސިޑެންޓާއި ގުޅިގެން 64 އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު، މި މައްސަލައާއި ގުޅިގެން މިހާރުވަނީ މީހަކު ހައްޔަރުކޮށްފަ
ސޯޝަލް މީޑިއާ
އެކްސިޑެންޓު
ކައްދޫ އެކްސިޑެންޓް: އުމުރުން ދުވަސްވީ އަންހެނަކު މަރުވި މި ހާދައިސާއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި
ކައްދޫގައި ހިނގި އެކްސިޑެންޓުގައި 64 އަހަރުގެ އަންހެނަކު މަރުވުމާ ގުޅިގެން، ހޮނިހިރު ދުވަހު ވަނީ 37 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފަ
މި އެކްސިޑެންޓުގައި މަރްޔަމް މޫސާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް
ލ.ގަމު ލިންކް ރޯޑުގައި މިދިޔަ މަހު ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ވެސް މަރުވެފައިވޭ

ލ. ކައްދޫގައި ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 64 އަހަރުގެ އަންހެނަކު މަރުވި މައްސަލައާއި ގުޅިގެން ތަހުގީގަށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ، ހޯރަ ވިލާ، އުމުުރުން 37 އަހަރުގެ މުހައްމަދު ނައުސާން އެވެ. އޭނާގެ މައްޗަށް ދައުވާކުރުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ހޮނިހިރު ދުވަހު ވަނީ ދީފައެވެ.

ފުލުހުން ހައްޔަރުކުރި ނައުސާން އަކީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާ އެވެ. ފުލުހުން ބުނީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ހޮނިހިރު ދުވަހު ޖަހައި ދީފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ 7:30 ކަންހާއިރު، އެ އެކްސިޑެންޓް ހިނގީ ކައްދޫ އެއާޕޯޓު ކައިރިން ކަފިހިހުރަހަކުން މަގުހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.

ފިރިހެނަކު ދުއްވި އެ ސައިކަލު ޖެހުނީ އެ ވަގުތު ކަފިހިހުރަސް މަތިން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ އަންހެނަކާއި އޭނާގެ މާމަ ދަރިއެއްގެ ގައިގަ އެވެ.

މި އެކްސިޑެންޓުގައި މަރުވީ ލ. މާވަށު، އެތުމާ، އުމުުރުން 64 އަހަރުގެ މަރްޔަމް މޫސާ އެވެ. އޭނާ މަރުވީ އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ހުކުރުދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އެ ހާދިސާގައި އޭނާގެ މާމަ ދަރިފުޅަށާއި ސައިކަލު ދުއްވި މީހާ އާއި އެ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަަށް ވެސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދިނެވެ.

ލ.ގަމު ލިންކް ރޯޑުގައި މިދިޔަ މަހު 6 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 19 އަހަރުގެ އަންހެންކުއްޖަކު ވެސް ވަނީ މިމަހުގެ 14 ވަނަ ދުވަހު މަރުވެފަ އެވެ. އެ އަންހެން ކުއްޖާ ވެސް މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިދިއަ ޖުލައި މަހުގެ 6 ވަނަ ދުވަހު ހެނދުނު 9 ޖަހާ ކަންހާއިރު ފޮނަދޫ އިން ގަމަށް ދަތުރު ކުރަމުން ދިޔަ ސައިކަލެއް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.

- ކޮމެންޓް