ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 10:35
ސީއެޗްއެސްސީގެ ދަރިވަރުން
ސީއެޗްއެސްސީގެ ދަރިވަރުން
މުހައްމަދު ޝަރުހާން
އޭލެވެލް ސިލަބަސް
އޭލެވެލް ސިލަބަސް ކެމްބްރިޖަށް ބަދަލު ނުކުރުމަށް ނިންމައިފި
މިދަނޑިވަޅުގައި ބަދަލު ގެނައުމަކީ ރަނގަޅުކަމެއް ނޫން

އޭ ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުނުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު ފަށާ އޭ-ލެވެލްގައި ކިޔަވައިދޭނީ ކެމްބްރިޖް އިންޓަނޭޝަނަލްގެ ސިލަބަސް ކަމަށެވެ. އަދި އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް އޭރު ބުންޏެވެ.

އެހެންނަމަވެސް މިހާރު އެ މިނިސްޓްރީން ބުނީ މިދަނޑިވަޅުގައި އެބަދަލު ގެނައުމަކީ ރަނގަޅު ކަމަކަށް ނުވާތީ އޭ ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ. މިދިޔަ މަހު ފެށި އޭ ލެވެލްގައި ދަރިވަރުންނަށް ކިޔަވައިދޭނީވެސް ކުރީގައި ވެސް އޮންނަ އެޑެކްސެލް ސިލަބަހަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް