Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 14:19
ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ވެރިކަން ބަދަލުކުރުމުގެ މަރުހަލާ
ޓްރާންސިޝަން ކޮމިޓީގެ އިސްބޭފުޅަކަށް އަބްދުއްރަހީމް
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުންވެސް ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އަށް ކޮމިޓީއެއް އެކުލަވާލާފައި
އަބްދުއްރަހީމާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލު ކުރީ ސިވިލްސާވިސް ކޮމިޝަންގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި
ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ޢަބްދުއްރަހީމް އަބްދުﷲ ވަނީ ހަމަޖައްސަވާފައި

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އާއި ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަނޑައަޅައިފިއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ޢަބްދުއްރަހީމް އަބްދުﷲ ވަނީ ހަމަޖައްސަވާފައެވެ. އަބްދުއްރަހީމާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލު ކުރީ ސިވިލްސާވިސް ކޮމިޝަންގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ބުނަނީ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ވާނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަމަށެވެ.

Advertisement

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަސައްކަތް ކުރުމަށް ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އިންތިޚާބީ ރައީސްގެ އޮފީހެއް ހަމަޖެއްސުން ހިމެނެއެވެ. އަދި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެމީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެއެވެ. އެ މަރުހަލާ އަށް އެންމެ ގިނަ ވެގެން ޚަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާކަން ފާހަގަކޮށްލެވެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުންވެސް ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ. އެކޮމިޓީގެ އެންމެ އިސް ބޭފުޅަކީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރުއެވެ. މީގެ އިތުރުން ވެރިކަން ބަދަލުވުމުގެ ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް