ކ. މާލެ
|
4 ފެބްރުއަރީ 2025 | އަންގާރަ 15:46
ރައީސް މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ރައީސް މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް
ޖަލްސާ ފެށޭނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި

ރައްޔިތޔުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާ ފެބްރުއަރީ 6 ވާ ބުރާސްފަތި ދުވަހު ބާއްވަން ހަމަ ޖެހިފައިވާ އިރު، އެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ފޮނުވައިފިއެވެ.

އަންގާރާ ދުވަހު މަޖިލިހުގެ އިދާރާ އިން ފޮނުވި އެޖެންޑާގައި ވާ ގޮތުން ޖަލްސާ ފެށޭނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައެވެ.

އެޖެންޑާގައިވާ ގޮތުން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ބުރާސްފަތި ދުވަހުގެ އެޖެންޑާގައި މައިގަނޑު ކަމަކަށް ހިމެނިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.

މަޖިލިސް ހުޅުވާ ޖަލްސާ އަށް ރައީސް މުއިއްޒު މަޖިލީސް ކުރާ ގެއަށް ވަޑައިގަންނަވާއިރު، މަޖިލިސް ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު އަށް އަބްދުއްރަހީމް އިސްތިގުބާލު ކުއްވާއިރު، މި ދެބޭފުޅުންގެ ގުޅުން ރަނގަޅު ނޫންކަން އަބްދުއްރަހީމް ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު އާއި މަޖިލިސް ރައީސްގެ ގުޅުން ގޯސްވެފައިވާކަން އެންމެ ބޮޑަށް ފާހަގަވީ އަބްދުއްރަހީމުގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ރައީސް މުއިއްޒު ވަކި ކުރެއްވި ހިސާބުންނެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު އަބްދުއްރަހީމް ބަލަހައްޓަވާއިރު، އޭނާ މަޖިލިސް ރައީސް ކަމުގެ މަގާމުން ވަކި ކުރުމުގެ މަސައްކަތްތައް ވެރިކަން ހިންގާ ޕީއެންސީ އިން ފަށާފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

އެހެން ނަމަވެސް، ބައެއް މީޑިއާތަކުން އަބްދުއްރަހީމަށް ހަވާލާދީ ބުނެފައިވަނީ އޭނާ މަގާމުން ވަކިކުރަން މަސައްކަތް ކުރާކަން އެނގިވަޑައިގަންފައި ނުވާ ކަމުގައެވެ.

- ކޮމެންޓް