ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 08:46
ރާއްޖެއަށް އިންޑިއާ ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި އިންތިޚާބީ ރައީސް ޑރ.މުއިއްޒު ބައްދަލުކުރެއްވުން
ރާއްޖެއަށް އިންޑިއާ ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި އިންތިޚާބީ ރައީސް ޑރ.މުއިއްޒު ބައްދަލުކުރެއްވުން
ރާއްޖެ - އިންޑިއާ
ރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަމަށް ފުރިހަމައަށް އިޙުތިރާމުކުރާނަން - އިންޑިއާ
ޑރ.މުއިއްޒު ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވެފައި
ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ލޯނުތައް އަދާކުރުމާއި ގުޅޭގޮތުން ފަހި ގޮތްތަކެއް ހޯދުމަށް މަޝްވަރާކުރައްވާފައިވޭ

ރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަމަށް ފުރިހަމައަށް އިޙުތިރާމުކުރައްވާނެކަމަށް ރާއްޖެއަށް އިންޑިއާ ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި އިތުރަށް ދެއްކެވި ވާހަކަތަކުގެ ތެރޭގައި ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ލޯނުތައް އަދާކުރުމާއި ގުޅޭގޮތުން ފަހި ގޮތްތަކެއް ހޯދުމަށް މަޝްވަރާކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ.މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވެސް ޒަމާނުއްސުރެ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރު އައު ހަރުފަތަކަށް ގެންދެވުމުގެ އުންމީދުގައި ހުންނެވިކަމަށް ޑރ.މުޢިއްޒުވަނީ ވިދާޅުވެފައެވެ. ސިޔާދަތީ މުސްތަޤިއްލުކަން ހިމާޔަތްކުރުންކަމަށް ވިދާޅުވެ އެކަމުގައި އިންޑިއާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ޔަޤީންކުރައްވާ ކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. މުއިއްޒު ވަނީ އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވާދެއްވުމަށް އިންޑިއާގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންތިޚާބީ ނާއިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފްވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް