Advertisement
ކ. މާލެ
|
15 އޯގަސްޓް 2025 | ހުކުރު 13:09
ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ހައިދަރުއާބާދު ހައުސްގައި - އޮގަސްޓް 2، 2022
ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ހައިދަރުއާބާދު ހައުސްގައި - އޮގަސްޓް 2، 2022
ގެޓީ އިމޭޖަސް
އިންޑިއާގެ މިނިވަން ދުވަސް
އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޞާލިހު ފޮނުއްވައިފި
އިންޑިއާއަކީ އަބަދުވެސް ދިވެހިންނަށް ކޮންމެ ވަގުތެއްގައި ވެސް ބަރޯސާވެވޭނެ އިތުބާރު ކުރެވޭ ރަހުމަތްތެރިއެއް
ސަރުކާރަށާއި، އަދި އިންޑިއާގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވި

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވައިފިއެވެ.

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އިންޑިއާގެ ރައީސް ދޮރޮޕަދީ މުރުމޫ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، ސަރުކާރަށާއި، އަދި އިންޑިއާގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް ޞާލިހު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިންނަށް ކޮންމެ ވަގުތެއްގައި ވެސް ބަރޯސާވެވޭނެ އިތުބާރު ކުރެވޭ ރަހުމަތްތެރިއެއް އަދި އަވަށްޓެރިއެއް ކަމަށެވެ. އަދި އެކުވެރިކަން އިތުރަށް ބަދަހިވެގެން ދާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ރައީސުލްޖުމްހޫރިއްޔާ، ބޮޑުވަޒީރު، އަދި އިންޑިއާގެ ރައްޔިތުންނަށް 79 ވަނަ މިނިވަން ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ. އަދި ޤައުމުތަކުގެ މެދުގައި ދެމިއޮތް ގުޅުންތައް އިތުރަށް ވަރުގަދަ ވަމުންދާއިރު، ކުރިއަށް އޮތް އަހަރުތަކުން އިންޑިއާއަށް ސުލްޙައާއި، ތަނަވަސްކަމާއި، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިދެއްވުމަށް އެދިފައިވެއެވެ.

ނައިބްރައީސް ފައިސަލް ވިދާޅުވީ ރާއްޖެ-އިންޑިއާ ބޮންޑަކީ ޑިޕްލޮމެސީއަށްވުރެ މާ ބޮޑު ގުޅުމެއް ކަމަށެވެ. އެއީ އިތުބާރާއި، ސްޓްރެޓެޖިކް އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގަރުނުތަކެއް ކުރިން އޮތް އެކުވެރިކަމެއް ކަމަށެވެ. އަދި އިޚްލާޞްތެރިކަމާއެކު އުންމީދު ކުރަނީ، ތަރައްޤީއާއި، ސަލާމަތާއި، ހިއްސާކުރެވޭ ކުރިއެރުންތަކުގެ ތެރެއިން ދެމިއޮތް ގުޅުން ކުރިއަށް އޮތްތަނުގައިވެސް ކުރިއަރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އިންޑިއާއަށާއި އެގައުމުގެ ރައްޔިތުންނަށް ސުލްހައާއި ހަމަޖެހުމާއި ކާމިޔާބީ ދެމިއޮތުމަށް އެދޭކަމަށް ނައިބުރައީސް ފައިސަލްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

1947 ވަނަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހު ބްރިޓިޝް ކޮލޯނިއަލް ވެރިކަމުން މިނިވަންވި އިންޑިއާއަކީ، މިއަދު ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދުތަކުގެ ތެރޭގައި ހިމެނޭ އަދި އެންމެ އާބާދީ ބޮޑު ޑިމޮކްރަސީއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމަކީ ޒަމާންވީ އަދި ވަރުގަދަ ގުޅުމެކެވެ. ދެ ޤައުމުގެ ދެމެދުގައި ސަގާފީ، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އޮތް އިރު، ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެވެއެވެ.

- ކޮމެންޓް