Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 05:33
ގެއްލިގެން ހޯދަމުންދާ ޅ. ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް
ގެއްލިގެން ހޯދަމުންދާ ޅ. ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް
ޕޮލިސް
ކުއްޖަކު ގެއްލިގެން ހޯދުން
13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
މައިސަރާ އަބޫބަކުރު ފައިސަލް އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 28 ވަނަ ދުވަހު ހަވީރު ނައިފަރުން

13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (13އ) ކަމަށެވެ. އޭނާ ހޯދަމުންދަނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީއެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

Advertisement

ފުލުހުން ބުނީ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 28 ވަނަ ދުވަހު ހަވީރު ނައިފަރުން ކަމާއި އޭރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖިންސެއް ކަމެވެ. އަދި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅާ ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް