ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 17:44
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީ
ރިޔާސީ އިންތިޚާބު 2023
އިންތިޚާބުގައި ފައިސާ ބެހިކަމުގެ މައްސަލައެއް އޭސީސީއިން ބަލަނީ
އިންތިޚާބާއި ގުޅޭ މައްސަލަތައް އޮންލައިންކޮށް ފަސޭހަކަމާއެކު ހުށަހެޅޭނެ
އޭ.ސީ.ސީއަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް ބަލާ ނިމިއްޖެ
މާލޭގެ ތަފާތު ސަރަހައްދުތަކުގައި ފައިސާއާއެކު ހަރަކާތްތެރިވަމުންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފައިވޭ

2023ގެ ރިޔާސީ އިންތިޚާބުގައި ފައިސާ ބެހިކަމުގެ މައްސަލައެއް ބަލަމުންދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން ބުނެފިއެވެ.

އޭސީސީން ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ކުރިއަށް ދިޔަވަގުތު، މާލޭގެ ތަފާތު ސަރަހައްދުތަކުގައި ފައިސާއާއެކު ހަރަކާތްތެރިވަމުންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފައިވާ ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ ފުލުހުންގެ ފަރާތުން ވަނީ އޭ.ސީ.ސީއަށް ހުށައަޅާފަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން އެ މައްސަލަ އޭ.ސީ.ސީން މިހާރު ތަހުގީގު ކުރަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބާއި ދިމާކޮށް ރިޝްވަތު ދިނުމާއި އަދި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ހުށަހަޅަންޖެހެނީ އޭ.ސީ.ސީއަށެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ގުޅިގެން އޭ.ސީ.ސީއަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް އެ ކޮމިޝަނުން ބެލުމަށް ފަހު ޝަކުވާތަކަށް ވަނީ ޖަވާބުވެސް ދީފައެވެ. މީގެ އިތުރުން ބާކީހުރި މައްސަލަތައް ކޮމިޝަނުން ބަލަމުން ދާއިރު އިންތިޚާބާއި ގުޅޭ މައްސަލަތައް އޮންލައިންކޮށް ފަސޭހަކަމާއެކު ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް