Advertisement
ކ. މާލެ
|
5 އޯގަސްޓް 2025 | އަންގާރަ 08:56
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިން ޢަރަފާތުން މުޒްދަލިފާއަށް ބަސްތަކުގައި ފުރުމުގެ ކުރިން، ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް އެހީތެރިންނާއި ބައްދަލުކުރައްވައި އިރުޝާދު ދެއްވަނީ - 5 ޖޫން 2025
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިން ޢަރަފާތުން މުޒްދަލިފާއަށް ބަސްތަކުގައި ފުރުމުގެ ކުރިން، ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް އެހީތެރިންނާއި ބައްދަލުކުރައްވައި އިރުޝާދު ދެއްވަނީ - 5 ޖޫން 2025
ހައްޖު ކޯޕަރޭޝަން
ކަރަޕްޝަން
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި
ކިޔޫގައި ނުޖެހި ހައްޖު ކޯޕަރޭޝަންގެ ގިނަ އަދަދެއްގެ ވެރިންނާއި ބޯޑު މެމްބަރުން ސަރުކާރު ޚަރަދުގައި ހައްޖަށް ދިޔަ ކަމަށް ބުނޭ
ޝަކީލުގެ މައިންބަފައިން ބިޒްނަސް ކްލާހުގައި ދަތުރުކުރި ކަމަށް މައްސަލައިގައި ބުނޭ
ޝަކީލުގެ މައިންބަފައިން މައްކާގައި ޕްރައިވެޓް ކޮޓަރިއެއް ހިފުމަށް 26000 ރުފިޔާ ހޭދަ ކުރި ކަމަށް ވެސް ބުނޭ

ހައްޖު ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) މުހައްމަދު ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ އަކު މި އަހަރު ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި ކަމަށް ބުނެފިއެވެ.

އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ، 2025 ވަނަ އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރޭގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ ކޮއްކޮ އަކު އެހީތެރިއެއްގެ ގޮތުގައި ގެންދިއުމުގެ އިތުރުން ޝަކީލުގެ މަންމަ އާއި ބައްޕަ ވެސް މިފަހަރު ހައްޖަށް ގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން ކިޔޫ ގައި ނުޖެހި ހައްޖު ކޯޕަރޭޝަންގެ ގިނަ އަދަދެއްގެ ވެރިންނާއި ބޯޑު މެމްބަރުން ސަރުކާރުގެ ޚަރަދު ގައި ހިލޭ ހައްޖަށް ގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްޑީ ޝަކީލުގެ މަންމަ އާއި ބައްޕަ ހައްޖަށް ދިއުމަށް ދަތުރު ކޮށްފައި ވަނީ ބިޒްނަސް ކުލާހުގައި ކަމަށާއި އަދި އެ ދެ މީހުން ތިބުމަށް މައްކާ ގައި ހުންނަ ހޮޓަލަށް ޕްރައިވެޓް ކޮޓަރި އެއް ހިފުމަށް ސައްބީސް ހާސް ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ.

މައްސަލަ ހުށަހެޅި ފަރާތައް އޭސީސީ އިން ފޮނުވި ލިޔުމުގައި ބުނެފައިވަނީ ހައްޖު ކޯޕަރޭޝަންގެ މައްޗަށް ރައްދުވާ މި މައްސަލަ 23 ޖޫން 2025 ގައި އެ ކޮމިޝަން ގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.

މި ނޫހަށް ކޮޕީ ލިބިފައިވާ ލިޔުމުގައި އޭސީސީ އިން ބުނެފައިވަނީ "މަތީގައި ބަޔާން ކޮށްފައިވާ މައްސަލަ ވަނީ މި ކޮމިޝަން ގައި ރަޖިސްޓަރީ ކޮށްފައެވެ."

މައްސަލަ ހުށަހަޅާފައި ވަނީ 19 ޖޫން 2025 ގައެވެ.

އޭސީސީ އަށް މި މައްސަލަ އާންމު ފަރާތަކުން ހުށަހެޅި އިރު މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ވައްކަމާއި، ޚިޔާނާތުގެ ގިނަ ކަންކަން ހިނގަމުންދާ ކަމުގެ އަޑުތައް ދަނީ އިތުރު ވަމުންނެވެ.

- ކޮމެންޓް