ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 19:16
އިރުއޮއްސެމުން ދިޔަ ވަގުތު މާލެތެރޭގެ މަންޒަރުތައް
އިރުއޮއްސެމުން ދިޔަ ވަގުތު މާލެތެރޭގެ މަންޒަރުތައް
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
އިންތިޚާބު ދުވަހު ބައެއް އުޅަނދުތައް ދުއްވުން މަނާވާނެ
އުޅަނދުތައް ދުއްވުން މަނާވާނީ ހެނދުނު 6:00ން ރޭގަނޑު 8:00އާ ހަމައަށް
ހަތަރު ކެޓަގަރީއެއްގެ އުޅަނދު ދުއްވުން މަނާވާނެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާ ދުވަހު މާލޭގައި ބައެއް އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ވަނީ، ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، ވޯޓުލުމަށް ދާ ފަރާތްތަކަށާއި ސެކިއުރިޓީގެ މަސައްކަތަށް ދަތިވާ ކަމަށެވެ. އެހެންވެ މަގުތަކުގައި ދުއްވާ ބޮޑެތި އުޅަނދުތަކުގެ ތެރެއިން ހަތަރު ބާވަތެއްގެ އުޅަނދު 30 ސެޕްޓެމްބަރުގައި، މަގުތަކުގައި ދުއްވުން މަނާވާނެ ކަމަށެވެ.

އިންތިޚާބު އޮންނަ ދުވަހު މާލޭގައި ދުއްވުން މަނާވާ ހަތަރު ބާވަތުގެ އުޅަނދުގެ ތެރޭގައި "ސީ2"، "ސީ0" ކެޓަގަރީ ނުވަތަ ދެ ޓަނަށްވުރެ މަތީ އުޅަނދުތަކާއި، "ޑީ" ކެޓަގަރީ ނުވަތަ އާޓިކިއުލޭޓެޑް އުޅަނދާއި، "އީ" ކެޓަގަރީގެ އުޅަނދާއި، "ވީ" ކެޓަގަރީގެ އުޅަނދުތައް ހިމެނެއެވެ. މި އުޅަނދުތައް ދުއްވުން މަނާވާނީ ހެނދުނު 6:00ން ރޭގަނޑު 8:00އާ ހަމައަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އާއްމުން މި އިއުލާނާ އެއްގޮތަށް އަމަލު ކުރަން ޖެހުނުނަމަވެސް އެ ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތައް އެއިން އިސްތިސްނާ ވާނެކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ 30 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 5:00އާ ހަމައަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 36 މިނެޓު ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް