ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 13:22
އާއްމުކޮށްފައިވާ ވީޑީއޯގެ ސްކްރީން ޝޮޓްތަކެއް
އާއްމުކޮށްފައިވާ ވީޑީއޯގެ ސްކްރީން ޝޮޓްތަކެއް
އުތުރު ތިލަފަޅަށް ބަޔަކު އަރަން މަސައްކަތް ކުރުން
އުތުރު ތިލަފަޅަށް ހުއްދަ ނެތި ނޫސްވެރިން ދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
އެރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެފައިވޭ
ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ

އުތުރު ތިލަފަޅަށް ހުއްދަ ނެތި ނޫސްވެރިން ދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ވަގުތެއްގައި އުތުރު ތިލަފަޅަށް ދިޔަރެސްގެ ނޫސްވެރިންތަކެއް ވަނީ ހުއްދަނެތި ގޮސް، ފޮޓޯއާއި ވީޑިއޯ ނަގާފައެވެ.

އެމްއެންޑީއެފުން ބުނީ އުތުރު ތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް، ވީޑިއޯ އާއްމުކޮށްފައިވާތީއާއި، އެރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ އެރަށަށް އަރަން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތް ހުށަހަޅާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ "ދިޔަރެސް" ނޫހުގެ ނޫސްވެރިން އާދިއްތަ ދުވަހުގެ ހަވީރު ހުއްދަ ނެތި އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކުރި ކަމަށެވެ. އެކަން އެމްއެންޑީއެފުން ހުއްޓުވުމުން ކަން ހިނގި ގޮތް އޮޅޭ ގޮތަށް ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުމަށް ތަރައްޤީ ކުރާ ސަރަހައްދު ފިޔަވައި ބާކީ ސަރަހައްދު ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައެޅުއްވިކަން ސަރުކާރުން ހާމަކުރީ މިމަހުގެ 23 ވީ ހޮނިހިރު ދުވަހުއެވެ. އާދިއްތަ ދުވަހު ނޫސްވެރިންގެ ބަޔަކު އެ ތަނަށް އަރަން މަސައްކަތް ކުރީ އެތަނުގައި ހުރި ގޯތި ބަލަން ކަމަށް ބުނެއެވެ.

އެމްއެންޑީއެފުން އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ބަނދަރު ބަލަން އެދުނު ނޫސްވެރިންނަށް އެ ފުރުސަތު ދާދިފަހުން ވެސް ރާއްޖޭގެ ދިފާއީ ބާރުން ވަނީ ދީފައެވެ. އެހެންނަމަވެސް އާދިއްތަ ދުވަހު އުސޫލުން ބޭރުން އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކުރުމަކީ ގަވާއިދާއި ޚިލާފަށް ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތުތަކަށް ހުރަސް އެޅުމަށް ހިންގާފައިވާ އަމަލެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުން މަނާ ތަންތަން ކަމަށް ވާއިރު އެފަދަ ތަނަކަށް ވަނުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަކީ ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކަމެކެވެ. އަދި އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 39 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
25 ސެޕްޓެންބަރ 2023 | ހޯމަ 13:55
ހަސާނާ
ގައުމުގެ ދިފާއީ ބާރުތަކުގެ ދަށުގައި ވާތަންތަނާ ހިދުމަތުގަ ތިއްބަވާ މީހުންނަށް ކުރާ އަނިޔާ ފުރައްސާރަ ބަލާ މައްސަލަބަލާ އަދަބު ދޭންޖެހޭ ލިބޭ އަދަބު އެހެން ސަރުކާރެއް އަޔަސް އަދަބު ދަމަހައްޓަންޖެހޭ މިގޮތައް ހިތުހުރި ގޮތަކަށް މީހުން އުޅެން ދޫކޮއްފި ނަމަ އަމާންކަން ގެއްލި ބިރުވެރިކަން އާމުވޭދާނެ ސަރުކާރުގެ މަގާމުތަށް އަދާކޮއްފައިވާ މީހުންގެ ފަހަތުން ވީޑިއޯކޮއް ފުރައްސާރަ ކުރުމީ ނާތަހުޒީބް ކަމާ ބިރުވެރިކަމާ ސަރުކާރުގެ ބާރު ނެތިކޮއްލަން ކުރާކަންކަން .