Advertisement
ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 13:09
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
އެމްޑީޕީ
ޕީޕީއެމް
ޕީޕީއެމްގެ ވެރިކަމެއްގައި ހައްޔަރުކުރާނެ މީހުންނާއި މަޖިލީހުން ޖާގަ ނުދީ ކަޓުވާލާނެ މެންބަރުންގެ ލިސްޓެއް ގެންގުޅޭ: އިލްހާމް
މި ލިސްޓް ހާމަކުރައްވާނެ ކަމަށާއި ނަމަވެސް ޕީޕީއެމަށް މި ވާހަކަ އަޑުއަހަން މާ ފަސޭހައެއް ނުވާނެ ކަމަށް ވިދާޅުވި

ޕީޕީއެމްގެ ވެރިކަމެއް އަލުން އިޔާދަވެއްޖެނަމަ ހިފައި ހައްޔަރުކުރަން ޖެހޭ މީހުންނާއި އެ ޕާޓީގެ މެންބަރުންގެ ތެރެއިން ވެސް މަޖިލީހުން ޖާގަ ނުދީ ކަޓުވާލާނެ މެންބަރުންގެ ލިސްޓެއް ގެންގުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ތުހުމަތު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޕީޕީއެމުން ކަޓުވާލަން ނިންމާފައި ތިބި މެންބަރުންގެ ލިސްޓެއް ހާމަކުރައްވާނެ ކަމަށާއި ޕީޕީއެމަށް މި ވާހަކަ އަޑުއަހަން މާ ފަސޭހައެއް ނުވާނެ ކަމަށެވެ.

ދެވަނަ ބުރުގައި ޕީޕީއެމްއާ ގުޅިވަޑައިގަތުމުގެ ހުށަހެޅުން ލިބިވަޑައިގެންނެވި ނަމަވެސް އިލްހާމް ވިދާޅުވި ގޮތުގައި އެނބުރި އެ ޕާޓީއަށް ވަޑައިނުގެންނެވީ ކުރިމަގު ބިރުވެރިވެފައި ނާމާންވެފައިވުމުން ކަމަށެވެ.

Advertisement

ޕީޕީއެމް/ޕީއެންސީ ތެރެ އޮތީ ކަފިވެފައި ކަމަށާއި ބައެއް މެންބަރުންނަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރަން ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭން ބޭރަށް އަމިއްލަފުޅަށް އަރުވާލެވިގެން އިލްހާމް ހުންނެވިއެވެ. އަދި މާލެ ވަޑައިގަތުމުން ހައްޔަރުކޮށް އެތައް މަސްތަކެއްވަންދެން އޭނާ ޖަލުގައި ބޭއްވި އެވެ. އޭނާގެ އަނބިކަނބަލުން ފުލުހުން ވެސް ބަންދުކުރިއެވެ. އަދި އެއްބަނޑު އެއްބަފާ ކޮއްކޮ، ގާނޫނީ ވަކީލު އާދަމް ޒާލިފު ވެސް ހައްޔަރުކޮށް ޖަލަށްލިއެވެ.

އިލްހާމް ވިދާޅުވީ މި ރާއްޖެއަށް ނާމާން, ކަޅު, އަނދިރި ދުވަސްތަކެއް ނާންނާނީ ރައީސް ސާލިހަށް ވޯޓު ދީގެން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް