Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2023 | ހޯމަ 13:35
މި ދައުރު ނިމުމުގެ ކުރިން ގޯތި ލިބޭ ހުރިހާ މީހުންނަށް ބިންކަނޑާ ހަވާލުކުރާނަން: ހައުސިން މިނިސްޓްރީ
މި ދައުރު ނިމުމުގެ ކުރިން ގޯތި ލިބޭ ހުރިހާ މީހުންނަށް ބިންކަނޑާ ހަވާލުކުރާނަން: ހައުސިން މިނިސްޓްރީ
ރައީސް އޮފީސް
ގެދޮރުވެރިޔާ ޕޯޓަލް
ގެދޮރުވެރިޔާ ޕޯޓަލްއަށް ދިމާވި މައްސަލަ މިހާރު ވަނީ ޙައްލު ކުރެވިފައި: އަކްރަމް
ގޯތި ކެނޑުމާއި ރަޖިސްޓްރީ ހާވާލުކުރުމުގެ މަސައްކަތް ކުރިޔައްދޭ
އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގެދޮރުވެރިޔާ ޕޯޓަލް ޑައުންވެފައި ވާކަމަށް ބަޔަކު އަޑުފަތުރަމުންދާ ކަމަށް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށްފައިވާ ގެދޮރުވެރިޔާ ޕޯޓަލް ޑައުންވެފައިވާކަމަށް ދެކެވޭ ވާހަކަތައް ޕްލޭނިންގ މިނިސްޓްރީން ދޮގުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގެދޮރުވެރިޔާ ޕޯޓަލް ޑައުންވެފައި ވާކަމަށް ބަޔަކު އަޑުފަތުރަމުންދާ ކަމަށެވެ.

Advertisement

އެހެންނަމަވެސް އެއީ ދޮގު މައޫލޫމާތެއްކަން ފާހަގަކުރައްވައި އަކްރަމް ވަނީ އެކަން ހިނގާދިޔަ ގޮތް ހިއްސާ ކުރައްވާފައެވެ. އެގޮތުން ދިމާވި މައްސަލައަކީ އެބޭފުޅަކައް ލިބިވަޑައިގަތް ގޯތީގެ ނަމްބަރު ނުފެނުން ކަމަށާއި، އެކަން މިހާރު ރަނގަޅު ކުރެވިފައިވާކަމަށްވެސް އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، އަކްރަމް ވަނީ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވީނަމަވެސް، ގޯތި ކެނޑުމާއި ރަޖިސްޓްރީ ހާވާލުކުރުމުގެ މަސައްކަތް ކުރިޔައްދާކަމަށް ވިދާޅުވެފައެވެ.

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މާލޭ ސަރަހައްދުން ގޯތި ކަނޑައި ދޭން ފަށާފައިވާއިރު، މިހާތަނަށް ގިނަ ބަޔަކަށް ވަނީ ގޯތި ކަނޑައި، އެކަމުގެ ލިއުން ޙަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް