Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 16:15
ހައުސިންގ މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބު
ހައުސިންގ މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބު
ހައުސިންގް މިނިސްޓްރީ
ގެދޮރުވެރިޔާ ސްކީމް
75 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ: މިނިސްޓަރު މުއްތަލިބު
ސަރުކާރުން މަސައްކަތް ކުރީ އަސާސީ ޝަރުތުތައް ހަމަނުވާ ފަރާތްތައް ކެންސަލް ކޮށްގެން މަދުވާ 330 ފުލެޓަށް އެލޮކޭޝަން ހެދޯތޯ
75 ޕޮއިންޓް ލިބިފައިތިބި ފަރާތްތަކަށް ހަދާފައިވާ އެލޮކޭޝަންސް ތައް ކެންސަލް ކުރުމަށްފަހު އަލުން ގުރޫ ނަގަނީ
75 ލިބޭ ފަރާތްތަކުގެ ތެރެއިން 3 ކޮޓަރި ނުލިބޭ ފަރާތްތަކަށް 2 ކޮޓަރި ދެވޭނެ އޮޕްޝަން ހޯދީ 2 ކޮޓަރީގެ ފުލެޓްތަކުން ބާކީވާ ފުލެޓްތައް ހިމަނައިގެން

75 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރީ އަސާސީ ޝަރުތުތައް ހަމަނުވާ ފަރާތްތައް ކެންސަލް ކޮށްގެން މަދުވާ 330 ފުލެޓަށް އެލޮކޭޝަން ހެދޯތޯ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ އަދަދަށް 3 ކޮޓަރީގެ ފުލެޓް ހަމަ ނުކުރެވުނު ކަމަށާއި، އެހެންކަމުން 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ފުލެޓް އެލޮކޭޝަން ނަގާކަމުގައިވާނަމަ 75 ޕޮއިންޓް ލިބި ފުލެޓް ނަންބަރު ދީފައިވާ ހުރިހާ ފަރާތްތަކެއްގެ އަތުން ނަންބަރުތައް އަތުލައިގެން ނޫނީ އިންސާފުވެރި ނުވާނެތީ، 75 ޕޮއިންޓް ލިބިފައިތިބި ފަރާތްތަކަށް ހަދާފައިވާ އެލޮކޭޝަންސް ތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

އަޅުގަނޑު ނުދަންނަވަން އެބޭފުޅުންނަށް ލިބިފައި އޮތް ފުލެޓް ކެންސަލްވި ވާހަކަ. އަޅުގަނޑ މި ދަންނަވަނީ ލިބިފައި އޮތް ފުލެޓް ނަންބަރު ކަނޑައަޅާފައިވާ އެލޮކޭޝަންސްތައް ކެންސަކް ކުރީ. ކޮށްފައި އަޅުގަނޑުމެން 76 އިން މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގީ. ގުރުއަތު ނަގާފައި އަޅުގަނޑުމެންނަށް މިހާރު ދަންނަވަން ކެރޭ އަޅުގަނޑުމެންނަށް 75 ލިބިފައިވާ ފަރާތްތަކަށް ކޮންމެވެސް އެއް އޮޕްޝަނެއް، 3 ކޮޓަރި ލިބުން ނޫނީ 2 ކޮޓަރި ލިބުން، ކޮންމެވެސް އެއް އޮޕަޝަނެއް ދެވޭނެއޭ. 3 ކޮޓަރި ލިބޭ ފަރާތްތައް ގުރުއަތު ނަގާފައި ބާކީވާ ފަރާތްތަކަށް 2 ކޮޓަރި އެލޮކޭޝަން ހެދޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރ ވިދާޅުވީ 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 2 ކޮޓަރި ބޭނުންވާ ފަރާތްތަކުން އެދިފައިވާ ކަމުގައިވާނަމަ އެފަރާތްތަކަށް މިހާރުވެސް އެގްރިމެންޓް ހެދިދާނެ ކަމަށެވެ. ނަމަވެސް 3 ކޮޓަރި ބޭނުންވާނަމަ ކެންސަލޭޝަން ޕްރޮސެސް އެއްކޮށް ނިމުމުން 3 ކޮޓަރީގެ ގުރުއަތު ނަގާނެ ކަމަށާއި، އެކަންވެސް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަސާސީ ޝަރުތުތައް ހަމަވެފައި، ފުލެޓް އެއްބަސްވުމެއްގައި ކުރިން އެފްޑީސީއާއެކު ސޮއިކޮށްފައިވާ ފަރާތްތަކަށް ފުރުސަތު ދެވޭނެ ކަމަށެވެ. ނަމަވެސް 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ ކަމަށެވެ.

އެއީ އެންމެ އިންސާފުވެރިގޮތް ކަމުގައިވާތީ އެގޮތަށް މި ގެންދަނީ. ދެ ކޮޓަރި ބައިގައި އިންނަނީ 73 މާކްސް އިން މަތިން ލިބިފައިވާނަމަ ފުލެޓް ލިބޭނެ ކަމަށް. އެގޮތުން ލިސްޓުގައި ހިމެނިފައި ތިބި 1218 ފަރާތެއް އެބަތިބި ކަމަށާއި، ކުރިން ގުރުއަތު ނަގާ 1160 ފަރާތެއްގެ އެލޮކޭޝަން ހަދާފައިވޭ. 58 ފަރާތަކަށް އެލޮކޭޝަން ނަހަދާ ހުރީ އަދި 73 މާކްސް އިން މަތިން ލިބުނު ފަރާތްތަކުގެ ތެރެއިން ދެމަރިފިންނަށް ވެސް ފުލެޓް ލިބިފައިވޭ. މި ދެންނެވި އަސާސީ ޝަރުރުތައް ހަމަނުވާ ފަރާތްތަކާއި އަދި ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށްދޭ ފުލެޓާ އެކު 2 ކޮޓަރީގެ ފުލެޓްތަކެއް ބާކީވާތީ އަޅުގަނޑުމެންނަށް 75 ލިބޭ ފަރާތްތަކުގެ ތެރެއިން 3 ކޮޓަރި ނުލިބޭ ފަރާތްތަކަށް 2 ކޮޓަރި ދެވޭނެ އޮޕްޝަނެއް ލިބިގެން މިދަނީ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރ ވިދާޅުވީ އެއިރު ފުލެޓް ދީފައި ތިބި ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކަށް ފުލެޓް ދިނުން އެއީ އެންމެ މުހިންމުކަމެއް ދޭ ކަންތައްތައް ކަމަށެވެ. އަދި މިހާރު ހުރި ފުލެޓްގެ އަދަދުން އެންމެ އިންސާފުވެރިކަމާއެކު އެކަން ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރުން އެއްވެސް ވަރަކަށް މާކްސް ދީފައި ހުރީ ކިހިނެއްތޯ ނުބަލާ ކަމަށާއި، ކުރިން އޮތް ލިސްޓާއެކު ކުރިއަށްދާ އިރު އަސާސީ ޝަރުތުހަމަވާތޯ ބަލާފައިވާނެ ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.

- ކޮމެންޓް