Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2023 | ހޯމަ 09:39
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔަކަން މަޖިލީހާ ހިއްސާކުރުމަށް އެމްޑީޕީން ފުރުސަތަކަށް އެދިއްޖެ
22 މެންބަރުންގެ ސޮއި އޮތުމާއެކު، މައްސަލަ ކުރިއަށްދާނެކަން ނަޝީދު ފާހަގަކުރެއްވި
މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް ބައެއް މެންބަރުން ނަން އަނބުރާ ގެންދެވިކަމަށް ނަޝީދު ވިދާޅުވި
އެމްޑީޕީއިން އެދުމުން ރިޔާސަތުން ވަނީ މަޖިލިސް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔަކަން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރުމަށް އެމްޑީޕީން ފުރުސަތަކަށް އެދިއްޖެއެވެ.

މި ޖަލްސާގެ އެޖެންޑާގައި ހިމެނިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާއިމެދު ގޮތެއް ނިންމުމެވެ.

ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް، އެ މައްސަލައިގައި ސޮއި ކުރެއްވި މެންބަރުންގެ ތެރެއިން 25 ބޭފުޅަކު ނަން އަނބުރާ ގެންދަވާފައިވާކަމަށެވެ.

ނަމަވެސް 22 މެންބަރުންގެ ސޮއި އޮތުމާއެކު، މައްސަލަ ކުރިއަށްދާނެކަން ފާހަގަ ކުރައްވައި ނަޝީދު ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފާ ރިޔާސަތު ޙަވާލު ކުރައްވާފައެވެ.

Advertisement

މި ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން އެ މައްސަލަ އަނބުރާ ގެންދިއުމަށް ފާސްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަރަދޫ ދާއިރާގެ މެންބަރު ޝަރީފް ވަނީ ޕީޖީ ގްރޫޕުގެ ނިންމުމެއް އޮތްކަން ފާހަގަ ކުރައްވައި، އެ ނިންމުމާއި ގުޅިގެން އިދާރީ ގޮތުން މަޖިލީހާ ހިއްސާކުރަންޖެހޭ ކަންކަން ހިއްސާ ކުރެއްވުމަށް ފުރުސަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން، ބައެއް މެންބަރުން ވަނީ އާންމުކޮށް މިފަދަ މައްސަލަތަކުގައި މަޖިލީހުން އަމަލުކުރާ ގޮތާއި ޚިލާފަށް ހޯމަ ދުވަހުގެ ޖަލްސާގެ ކަންކަން ކުރިއަށްދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެއަށްފަހު އެމްޑީޕީއިން އެދުމުން ރިޔާސަތުން ވަނީ މަޖިލިސް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް