Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2023 | ހޯމަ 07:27
ރައީސް ޞާލިހު (ވ) އަދި މޭޔަރު މުއިއްޒު (ކ)
ރައީސް ޞާލިހު (ވ) އަދި މޭޔަރު މުއިއްޒު (ކ)
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ދެވަނަ ބުރުގައި ވެސް ރައީސް ޞާލިހަށް 3، މުއިއްޒަށް 4
ދެވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް ޞާލިޙާއި ޑރ. މުޢިއްޒު
ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރަކީ ހަމަ ކުރީގެވެސް ނަންބަރު
ދެވަނަ ބުރުގެ ވޯޓުލުން ބާއްވަނީ މިމަހުގެ 30 ވަނަ ދުވަހު

ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ފުރަތަމަ ބުރުގައި ވެސް ލިބުނު ކެންޑިޑޭޓް ނަންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Advertisement

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ، ކުރީގެވެސް ނަންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު 2023ގެ ދެވަނަބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރަކީ، ހަމަ ކުރީގެވެސް ނަންބަރު.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ވާދަކުރެއްވި 5 ކެންޑިޑޭޓުންނާއި އަމިއްލަގޮތުން ވާދަކުރެއްވި 3 ކެންޑިޑޭޓުން ހިމެނެއެވެ. 

ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ މީހުންނަށް ރީ ރަޖިސްޓްރޭޝަނަށް ދެ ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފައެވެ. އެ ފުރުސަތު ދޭން ނިންމާފައިވަނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް