Advertisement
ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 19:58
ރައީސް ސާލިހު ކެމްޕޭނަށް ހިންނަވަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ތިބި ބަޔަކު، ރައީސާއެކު ފޮޓޯ ނަގަނީ
ރައީސް ސާލިހު ކެމްޕޭނަށް ހިންނަވަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ތިބި ބަޔަކު، ރައީސާއެކު ފޮޓޯ ނަގަނީ
އެމްޑީޕީ
ރަށު ރައީސް
ރަށު ރައީސަށް މަރުހަބާ ދެންނެވުމުގައި 45 މިނެޓް!
އެއްއަޑަކުން ހިންނަވަރުން އިވެމުން ދިޔައީ ރަށު ރައީސް މަރުހަބާ ދަންނަވާ އަޑު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އުފަން ރަށް ޅ. ހިންނަވަރުން، މިހާތަނަށް ރަށަކުން ދެންނެވި އެންމެ ހޫނު މަރުހަބާ އެމަނިކުފާނަށް ދަންނަވައިފިއެވެ.

Advertisement

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް ރައީސް ސާލިހު، އެމަނިކުފާނުގެ އުފަން ރަށަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. އެމަނިކުފާނު ވަޑައިގެންނެވުމުން ބަނދަރުމަތިން ފުރަތަމަ ވެސް މަރުހަބާ ދެންނެވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. އެއާއެކު ރަށުގެ ބަނދަރު މަތިން އިވެން ފެށި ތާއީދާއި އަތްތިލަބަޑީގެ އަޑުފަށްގަނޑު މުޅި ރަށުތެރޭގައި އެކީއެކައްޗަކަށް ގުގުމާލިއެވެ.

ރައީސް ސާލިހު ކެމްޕޭނަށް ހިންނަވަރަށް ވަޑައިގަތުމުން މެންބަރު ޖީހާން އެމަނިކުފާނަށް ބަނދަރުމަތިން މަރުހަބާ ދަންނަވަނީ - އެމްޑީޕީ

މިއީ ރައީސް މި ފަހަރުގެ ކެމްޕޭނަށް ވަޑައިގެންނެވުމުން ދެންނެވި އެންމެ ހޫނު މަރުހަބާާއެވެ. އެމަނިކުފާނާ ސަލާމް ކުރެއްވުމަށް ރަށުގެ ބަނދަރުމަތިން ފެށިގެން ގޮސް އެމްޑީޕީގެ ހަރުގެއާ ހަމައަށް ކިއު ދަމާލާފައި އޮތެވެ. 45 މިނެޓް ވަންދެން އެމަނިކުފާނު ސަލާމް ކުރައްވަމުން ގެންދެވިއިރު، ރަށުގެ ރައްޔިތުންނާއި ސަޕޯޓަރުން އައީ އެއް އަޑަކުން "އިބޫ އެއްބުރުން" ގޮވަމުންނެވެ.

ސަލާންކުރަން ނުކުމެ ތިބި މީހުންގެ އަދަދަށް ބަލާއިރު ގާތްގަނޑަކަށް ހާހަކަށްވުރެ ގިނަ މީހުން ތިއްބެވެ.

ރައީސް ހިންނަވަރަށް ވަޑައިގެންނެވީ ކެމްޕެނަށް ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މިރޭ ހިންނަވަރުގައި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް