Advertisement
ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 18:59
ފްލެޓް ލިބުނު މީހަކަށް ތަޅުދަނޑި ހަވާލުކޮށްދެއްވަނީ
ފްލެޓް ލިބުނު މީހަކަށް ތަޅުދަނޑި ހަވާލުކޮށްދެއްވަނީ
ރާއްޖެއެމްވީ
ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުން
ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފި
ވިނަރެސް މަޝްރޫއުގެ ދަށުން ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 10 ޓަވަރުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވޭ
10 ޓަވަރުގައި، ޖުމްލަ 1344 ފްލެޓް ހަދާފައިވޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން, ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ތަޅުދަނޑި ހަވާލުކުރި ފަރާތްތަކުގެ ތެރޭގައި ހިޔާ، ސީލައިފް އަދި ގުޅީފަޅު މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ލިބިފައިވާ ފަރާތްތައްވެސް ހިމެނެއެވެ.

Advertisement

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ވަނީ ޕްރައިވެޓް ހައުސިންގ އިންފޮމޭޝަން ޕޯޓަލް ލޯންޗް ކޮށްފައެވެ. މި ޕޯޓަލުން، މިހާތަނަށް އާބަންކޯއިން ހިންގާ މަޝްރޫއުތަކުގެ ހުރިހާ މައުލޫމާތެއް ލިބޭނެއެވެ. އަމާޒަކީ މިހިންގާ މަޝްރޫއުތަކުން އެއްވެސް ފަރުދަކަށް ގެއްލުމެއް ނުލިބި، އެންމެންގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށް އާބަންކޯއިން ބުނެއެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 10 ޓަވަރުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވެއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވެއެވެ. ވިނަރެސްގައި ދެ ވައްތަރެއްގެ އެޕާޓްމަންޓު ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރި، 3 ފާޚާނާ އަދި ބެލްކަނި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް